ރޭގަނޑު ލަހުން ކެއުމުން ސްޓްރޯކްގެ ނުރައްކާ ބޮޑުވޭ

ރޭގަނޑު ދަންވަރު ކެއުމަކީ ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުވެދާނެ ކަމެއް ކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ.

ރޭގަނޑު ދަންވަރު ކެއުމަކީ ގެއްލުން ހުރި ކަމެއް ކަމަށް އާންމު ދިރިއުޅުމުގައި ނުފެނުނު ކަމަށް ވިޔަސް، އައު ދިރާސާއަކުން ދައްކާ ގޮތުގައި ރޭގަނޑު 9 ގެ ފަހުން ކެއުމަކީ ސްޓްރޯކް ޖެހުމުގެ ފުރުސަތު އިތުރުވެދާނެ ކަމެކެވެ.

ނޭޗާ ކޮމިއުނިކޭޝަންސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ދިރާސާވެރިން ވަނީ ފްރާންސްގެ 100،000 އަށް ވުރެ ގިނަ މީހުންނާ ބެހޭ މައުލޫމާތު އެއްކޮށް ބަލާފައެވެ.

އެ ދިރާސާގައި ބައިވެރިވި ހުރިހާ ބައިވެރިންގެ މައުލޫމާތުތަކަށް ބަލައި 7 އަހަރުން ހޯދި ހޯދުންތަކުން ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ކާޑިއޯ ވެސްކިއުލަރ ޑިޒީޒްގެ ގާތްގަނޑަކަށް 2000 ކޭސް ހާމަވެފައިވެ އެވެ.

އެ ދިރާސާއިން އެނގުނީ ރޭގަނޑުގެ ކެއުން ލަސްވެގެން ރޭގަނޑު 9 ގެ ފަހުން ކެއި މީހުންނަށް ސްޓްރޯކް ނުވަތަ "މިނީ ސްޓްރޯކް" ޖެހުމުގެ ފުރުސަތު ރޭގަނޑު 8 ގެ ކުރިން ކެއި މީހުންނަށް ވުރެ %28 އިތުރުވެފައިވާކަމެވެ.

ފަރަންސޭސިވިލާތުގެ ޔުނިވަސިޓީ އޮފް ސޯބޯން ޕެރިސް ނޯޑްގެ އިސް ބޭފުޅެއްކަމުގައިވާ ޑޮކްޓަރ ބާނާޑް ވިދާޅުވި ގޮތުގައި ރޭގަނޑު ލަހުން ނުކާން އެތައް ބަޔަކު ބުނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިރާސާއިން ދައްކަނީ އެ ވާހަކަތަކުގައި ތެދު ހަގީގަތެއް އެކުލެވިފައިވާ ކަމެވެ.

މުޖުތަމިއު މިހާރު ދަނީ ހަފުތާގެ ހަތްދުވަހުގެ 24 ގަޑިއިރުގައި ވެސް ހޭލާ ތިބުމަށް އާދަވަމުންނެވެ. ކޮންމެ މީހަކު ވެސް ބުނަނީ ރެއާދުވާލު ހުސް ވަގުތެއް ނެތްކަމަށެވެ.

"އެހެންވެ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ރޭގަނޑު ކަނީ ވަރަށް ލަހުން." ޑޮކްޓަރ ބާނާޑް ވިދާޅުވިއެވެ. "ވަގުތެއް ނުވާކަމަށް ބަލައި ލަހުން ކާ މީހުން އެ ކުރަނީ އެމީހުންގެ ސިއްހަތަށް ނުރައްކާ އިތުރުކުރާ ކަމެއް. އެކަން އަންހެނުންގެ ތެރޭގައި މާ ބޮޑަށް އިތުރުވަމުންދާތަން އެބަ ފެނޭ."

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ގިނަ ބަޔަކު މާ ލަސްނުކޮށް ކެއުމަށް ވަނީ އާދަވެފައެވެ. ނަމަވެސް ރޭގަނޑު ލަހުން ކެއުމަށް އާދަވެފައިވާ ބަޔަކު ވެސް އެބަ އުޅެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ލަހުން ކާކެއުން ހަޖަމުވުމުން ލޭގައި ހަކުރު ހުންނަ މިންވަރާއި ލޭގެ ޕްރެޝަރު އިތުރުވެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.