މުރުތައްދުވުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ އަދަބު ސައުދީ ޢަރަބިއްޔާގައި ހުއްޓުވުމަށް އިޓަލީގެ ބޮޑުވަޒީރު ބާރުއަޅުއްވަނީ

ސަޢޫދީ ޢަރަބިއްޔާގައި މުރުތައްދުވުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ އަދަބު ހުއްޓުވުމަށް އިޓަލީގެ ބޮޑުވަޒީރު ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

ސަޢުދީ ޢަރަބިޔާގައި ތަންފީޒުކުރަމުންދާ ދީނީ ހުކުމްތައް ހުއްޓުވުމަށް ބާރުއަޅުއްވައި އިޓަލީގެ ބޮޑު ވަޒީރު ޖިއޮޖިއާ މެލޯނީ ވާހަކަދައްކަވާފައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައެވެ.

ވޯލްޑް ނިއުސް އެޖެންސީން ބުނި ގޮތުގައި އިޓަލީގެ ބޮޑުވަޒީރު ވާހަކަފުޅު ދައްކަވާ  ވީޑިއޯ ނެގީ ކޮން އިރަކު ކޮންތަނެއްގައި ކަމެއް ސާފެއް ނުވެ އެވެ.

ބޮޑުވަޒީރު މެލޯނީގެ ވާހަކަފުޅުގައި އިސްލާމީ ސަގާފަތާއި ޔޫރަޕްގެ ޙަޟާރަތުގެ ހައްގުތަކާ ދެމެދު "އަޅާކިޔުމުގެ މައްސަލައެއް" އޮތް ކަމަށް ވިދާޅުވިއެވެ.

ބޮޑުވަޒީރު މެލޯނީ ވާހަކަފުޅު ދައްކަވާ  ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެފައި ވަނީ އިޓަލީގެ އަލްޓްރާ ކޮންޒަވެޓިވް ޕާޓީން އިންތިޒާމްކޮށްގެން ބޭއްވި ބައްދަލުވުމެއްގައި ކަމަށާއި އެ ބައްދަލުވުމުގައި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކު ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށްވެއެވެ.

އިޓަލީގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އިޓަލީގެ އިސްލާމީ ސަގާފީ މަރުކަޒުތަކުގެ ތެރެއިން ގިނަ މަރުކަޒުތަކަކީ ސަޢޫދީ ޢަރަބިއްޔާއިން މާލީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިޓަލީގެ ބޮޑުވަޒީރުގެ ބަޔާނާ ގުޅިގެން ސަރުކާރުގެ ފަރާތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ހައްދުތަކަކީ އިންސާނީ ހައްގުތަކާ ނުގުޅޭ އަދަބުތަކެއްކަމަށް ބުނެ އެކަންކަން ހުއްޓުވުމަށް އިސްލާމް ދީނާ ދެކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.