އަންހެނުންނާއި ފިރިހެނުން ދުވަހަކުވެސް ހަމަހަމައެއް ނުވާނެ: ނީނާ ގުޕްތާ

އަންހެނުންނާއި ފިރިހެނުން ދުވަހަކުވެސް ހަމަހަމައެއް ނުވާނޭކަމަށް އިންޑިއާގެ މަގުބޫލު ފިލްމީ ތަރިއެއްކަމުގައިވާ  ނީނާ ގުޕްތާ ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ނީނާ ގުޕްތާ ވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަންހެނުންގެ ހައްގުތަކާ ބެހޭ ގޮތުން އޭނާގެ ޚިޔާލު ފާޅުކޮށް އަންހެނުންނަށް އެހެން މީހުން ހޯދައިދޭ ބާރުތައް އެއީ ބާރުތަކެއްކަމަށް ގަބޫލު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

ނީނާ ގުޕްތާ ބުނިގޮތުގައި އޭނާގެ ނަޒަރުގައި އަންހެނުންނާއި ފިރިހެނުން ދުވަހަކުވެސް ހަމަހަމައެއް ނުވެވޭނެއެވެ.

"ހަމަހަމަކަމުގެ ބަދަލުގައި އަންހެނުން މާލީ މިނިވަންކަން ހޯދައިގެން އެމީހުންގެ މަސައްކަތަށް ފޯކަސް ކުރަން ޖެހޭނެ." ނީނާ ބުންޏެވެ. "ވަޒީފާއަކަށް ނުގޮސް ގޭގައި އުޅޭ އަންހެނެއް ނަމަ  އަމިއްލަ ނަފްސު ދަށުދަރަޖައިގެ މީހެއްގެ ގޮތުގައި ނުދެކެންވީ. ގޭތެރޭގެ ކަންތައްތައް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް. އަދި އެއީ ބުރަ މަސައްކަތެއް"

ނީނާ ބުނި ގޮތުގައި ކޮންމެ އަންހެނަކަށް ވެސް ފިހެނެއްގެ އެހީތެރިކަން ބޭނުންވާނެއެވެ.

"މީގެ އެތައް އަހަރެއް ކުރިން ހެނދުނު 6 ގެ ކުރިން ފްލައިޓެއް އޮތުމުން ފަތިހު 4 ޖެހިއިރު ގެއިން ނުކުތީ އެއާޕޯޓަށް ދާން. އެވަގުތު އަނދިރި. މަސްތުވެގެން މީހަކު އަހަރެންގެ ފަހަތުން ދިޔަ. ދެން އެއާޕޯޓަށް ދިއުމުގެ ބަދަލުގައި  އަހަރެން އެނބުރި ގެއަށް ދިޔައީ". ނީނާ ކިޔައިދިނެވެ. "ޖެހިގެން އައި ދުވަހު ހަމަ 6 ޖަހާއިރަށް ޓިކެޓު ގަނެގެން އެކުވެރި ފިރިހެނަކާއެކު އެއާޕޯޓަށް ދިޔައީ."

ނީނާ ބުނިގޮތުގައި އެ ހާދިސާއަށް ފަހު އޭނާއަށް ވިސްނުނީ  ކޮންމެ އަންހެނަކަށް ވެސް އޭނާގެ ހަޔާތުގައި ފިރިހެނަކަށް ބޭނުންވާކަމެވެ.

ބައެއް އަންހެނުން ފިރިހެނުންނާ ހަމަހަމަވާން އަޑު އުފުލަމުން ދާއިރު އަނެއް ބަޔަކު ގަބޫލު ކުރަނީ އެކަމަށް އެދި ގޮވާ ބައެއް އަންހެނުންނަކީ އާއިލީ އަދި މުޖުތަމިއުގެ ޒިއްމާ ވެސް އަދާ ނުކުރާ ބައެއް ކަމަށެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.