'ޕިންކް ރިބަން ރަން ވޯކް' ކާމިޔާބުއެކު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް އާއި  ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ގިނަ އަދަދެއްގެ ބައިވެރިންނާއެކު ހުޅުމާލެ އަދި ރާއްޖޭގެ ރަށްތަކުގައި މި ހަރަކާތްވަނީ ކުރިޔަށް ގެންގޮސްފައެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ މާލީ އޭހީތެރިކަމާއެކު، ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ސީއެސްއެމް އިން އަންނަނީ ކުރަމުންނެވެ.  މީގެ އިތުރުން އެ ޖަމިއްޔާއިން އަތޮޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިންގ ޕްރޮގްރާމަށްވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.