ޕްރީއޯޑަރ ކުރި މީހުންނަށް އުރީދޫ އިން އައިފޯން 15 ދޫކުރަން ފަށައިފ

އުރީދޫ މޯލްޑިވްސް އިން ރޭ، 29 ސެޕްޓެމްބަރު 2023 ގެ މެންދަމު 12 ގައި އައިފޯން 15 ޕްރީއޯރޑަރ ކޮށްފައި ހުރި ކަސްޓަމަރުންނަށް ފޯނުތައް ހަވާލު ކުރަން ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ރޭ ކުރިއަށް ގެންދިޔަ މި ހާއްސަ ހަރަކާތަކީ ކިއުގައި، ނުޖެހި ލައިވް މިއުޒިކާއެކު ހިތްގައިމު މާހައުލެއްގައި ފޯނާއި ހަވާލުވުމުގެ ތަޖުރިބާއެއް އުފައްދައިދިން ހަރަކާތެކެވެ. ޕްރީއޯޑަރ ކުރި ކަސްޓަމަރުންގެ ތެރެއިން ފޯނާއި ހަވާލުވުމަށް ވަޑައިނުގަނެވުނު ކަސްޓަމަރުންނަށް މޫލީ އިން މިހާރު ވަނީ ފޯނުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ޑެލިވަރ ކުރުމުގެ މަސައްކަތްފަށާފައެވެ.

އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައިވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭހެނެވެ. އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއި  އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިންގ ޕޯޓް ހިމެނެ އެވެ.

މޫލީ މެދުވެރިކޮށް އައިފޯން ޕްރީއޯޑަރ ކުރި ކަސްޓަމަރުންނަށް ހާއްސަ އޮފަރއެއްގެ ގޮތުން، އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ އެވެ. ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑަރ ކުރެއްވި ފަރާތްތަކުން “Bonus100GB” ކީވޯޑާ ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކޮށްލައްވާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.