ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސަރ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމުގެ ގޮތުގައި ގުރުއަތުން ހޮވޭ 3 ފަރާތަކަށް 15،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު 9 ފަރާތެއް ގުރުއަތުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމު:
- 500 ޑޮލަރުން ދަށުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ 3 ފަރާތަކަށް 750 ރުފިޔާގެ ގިފްޓް ކާޑެއް
- 501 – 1000 ޑޮލަރާއި ދެމެދުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ 3 ފަރާތަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް
- 1000 ޑޮލަރުން މަތީ ޓްރާންސެކްޝަން ތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ 3 ފަރާތަކަށް 3500 ރުފިޔާގެ ގިފްޓް ކާޑެއް
މި ޕްރޮމޯޝަން ކުރިއަށް ދާނީ 19 ސެޕްޓެންބަރު އިން ފެށިގެން 18 ޑިސެންބަރުގެ ނިޔަލަށެވެ.