ގެމަނަފުށީގެ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ޔަގީންކަން ކަށަވަރުކޮށްދޭނަން: މުއިއްޒު

ގެދޮރުވެރިކަމުގެ ޔަގީންކަން ގެމަނަފުށީގެ ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުު ވިދާޅުވެއްޖެއެވެ.

ގއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ކެންޕެއިން ދަތުރުގައި ގެމަނަފުށީގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އެރަަށަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވާފައެވެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެބިއްޖެނަމަމަ، ބޮޑެތި މަގުތައް ހަދައި ދެއްވާނެ ކަމަށާއި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް  ވިދާޅުވިއެވެ.  އަދި ގެމަނަފުށީ ކައިރީގައި އޮންނަ މާރެހާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެހެންވެ އެކަމަށް އެއްބާރުލުން ދީ، އިންވެސްޓަރުން ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ބިން ހިއްކާ ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމާއި ރަށުގައި ބޭންކްގެ ބްރާންޗެއް ގާއިމުކުރުމާއި އެކްސްރޭ ފަދަ ހިދުމަތްތައް ގާއިމުކޮށް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ސްކޫލްގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.