(23 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ޝުކުރިއްޔާ އެތެރެއަށް ވަންނަވާ ބައްލަވަ! އަޅުގަނޑު ކަލާ ގާތުގައި އެއްޗެއް ނަންގަންނަން ބޭނުންވޭ."
މިތާނގައި ބުނުއްވާ."
"ޕްލީޒް ޢާޝީޖީ! އަޅުގަނޑަށް އިތުބާރު ކުރައްވާ އަޅުގަނޑަކީ އިންސާނެއް...ސާރިދޯޅެއް ނޫން..."
ޘަނާގެ ވާހަކައިގެ ރާގުގައި ފުރިހަމައަށް އިތުބާރުކުރެވޭގޮތް ހުއްޓެވެ.
"އަޅުގަނޑު ކަލާދެކެ ބިރުގަންނަނީ އެއްނޫން...ހިންގަވާ!" ޢާޝީ ހިސާބަކަށް މޫނު ކުނިކޮށްލާފައި ބުންޏެވެ.
ދެން ޘަނާ އޭނާއަށް ޝުކުރު އަދާކުރިއެވެ. އަދި ޘަނާއާ އެކު ކޮޓަރިތެރެއަށް ވަނެވެ. ޘަނާ ފުން ނަޡަރަކުން ކޮޓަރިތެރެއަށް ބަލާލިއެވެ. އަދި ކޮޓަރީގެ ކަންތައްތައް ހުރިގޮތް ލަފާކޮށްލުމަށްފަހު ބުންޏެވެ.
"އަޅުގަނޑު މި ގޭގައި ހުންނަން ޤަސްދުކުރި ސަބަބު ކަލާއަށް ފަހަރެއްގައި އެނގިނުލައްވާފައި ނޯންނާނެ ކަންނޭނގެ."
"އެހެން ޤަސްދުކުރެއްވީ ކީއްވެގެންތޯ؟ ބައްޕަ ކަލާއަށް ވަކިން ގެއެއް ބައްލަވައިގަނެދެއްވަންވެސް އުޅުއްވިނޫންތޯ؟ އަޅުގަނޑު ބޭނުމީ ގެއެއްނޫން އަޅުގަނޑު ބޭނުމީ ކަލާ..."
"ކީކޭތޯ..ތިޔަބުނުއްވި އެއްޗެއްގެ މާނައަކީ؟" ޢާޝީ ސިއްސައިގެން ދިޔައެވެ.
"އަޅުގަނޑަށް އެންމެ ފުރަތަމަ ފަހަރަށް ކަލާ ފެނުނު ދުވަހުންފެށިގެން އަޅުގަނޑު ހުރިހާ އުފަލަކާ ހިތްހަމަޖެހުމެއް ވަނީ ގެއްލިފައި."
ޢާޝީގެ ޙިއްސުތައް ޙަރަކާތްކުރުން ހުއްޓުނު ކަހަލައެވެ. މުޅި އޭނާ އަށްވެސް ހުރެވުނީ ހުއްޓެވިފައެވެ.
އަނެއްކޮޅުން ޘަނާ ބުނަމުން ގެންދިޔައެވެ.
"ކަލާއަކީ އަޅުގަނޑުގެ އައިޑިއަލް ކުއްޖޭ އަޅުގަނޑު ކަލާ ބޭނުން ކަލާއާ ކައިވެނި ކުރަން ބޭނުން.... ކަލާގެ ބައްޕަގެ ކިބައިން ކަލާއަށް އެދެން ބޭނުން ނަމަވެސް ފަހަރެއްގައި ކަލާ އަޅުގަނޑާ ނުޤަބޫލުވެ ލައްވާފާނެކަމަށް ހީކޮށްފައި މަޑުކޮށްލީ މިއަދު ކަލާއާ މިވާހަކަ ކޮޅު މި ދައްކަނީ."
"އެހެންވެގެން ކަލާ އިންކާރު ކުރައްވައިފިނަމަ އަޅުގަނޑު ދެން ފަހަރަށް މިވާހަކައެއް ކަލާއަކާ ނުދައްކާނަން އަދި ކަލާގެ ބައްޕައަކާވެސް ނުދައްކާނަން އެއީ ކީއްވެގެންތޯ؟ ލޯތްބަކީ ގަދަކަން ދެއްކުމަށް ކިޔާނަމެއްނޫން ލޯތްބަކީ އިޙްސާސެއްގެ ނަން ޖަޒްބާތެއްގެ ނަން."
"ޢާޝީ.... ސޭކު ވެފައިވާ ކަހަލަގޮތަކަށް ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުއްޓެވެ. އެތަންވަޅު ކުއްލިއަކަށް ޘަނާ އޭނާގެ އަތުގައި ހިފައިފިއެވެ.
"އައިލަވްޔޫ ފުރާނަޔާ!"
ހަމައެހިނދުކޮޅުގެ ތެރޭގައި ޢާޝީ ކުއްލިއަކަށް އޭނާގެ އަތް ޘަނާގެ އަތުގެ ތެރެއިން ދަމައިގަތެވެ. އަދި ވަރަށް ބާރަށް ކޮޓަރީން ނުކުމެގެން ހިނގައްޖެއެވެ. ޘަނާ ތުންފަތް މައްޗަށް ވަރަށް ވިހަ ހިނިތުންވުމެއް ފެތުރިގެން ދިޔައެވެ. އޭނާ އެނދުގައި އޮށޯވެއްޖެއެވެ. ގާތްގަނޑަކަށް ފަނަވަރަކަށް މިނެޓެއްހާއިރު ފަހުން ކޮންމެވެސް މީހަކު އޭނާގެ ކޮޓަރީގެ ދޮރުގައި ޓަކިދީފިއެވެ.
ޘަނާ ކުއްލިއަކަށް ކޮޅަށް ތެދުވެ އިޙްތިރާމު ކުރުމުގެ ގޮތުން އިސްޖަހާލިއެވެ. އަދި ބުނެލިއެވެ.
"ހެޔޮނަޞީބު!...... އަވަހަށް ދުރުވަންނަވާ!"
"ކަލެއަށް ވަކިން ގެއެއްގައި ނުހުރެވޭނެތަ؟" ޒުމައްރަދު އޭނާއާ ދިމާއަށް ލޯބޮޑުކޮށްލާފައި ބުންޏެވެ.
"ހުރެވިދާނެ....."
"އެހެންވިއްޔާ ނުހުރީ ކީއްވެގެން....؟"
"ކަލާ ނުޤަބޫލު ކަމަށްވަންޏާ އަޅުގަނޑު މި ގެއިން ހިނގައިދާނަން...." މިހެން ބުނެފައި ޘަނާ ކުރިއަށް ޖެހިލިއެވެ. އަދި ބާރަށް ހިނގާފައިގޮސް އެނދުކައިރީގައި ބަހައްޓާފައި ހުރި ސޫޓްކޭސް ނަގައިފިއެވެ.
"ކަލާ ނުރުހޭ ގޮތެއް ނަހަދަން!"
"އެއީ ކީއްވެގެންތަ؟" ޒުމައްރަދުގެ އަޑުގައިވަނީ ޙައިރާންކަމެވެ.
"އެއީ ކީއްވެގެންނޭތޯ؟ އެއީ އަޅުގަނޑު ކަލާއާ ވަރަށް ބޮޑަށް ރުހޭތީ."
"ވަޓް!" ޙައިރާންވެގެންގޮސް ޒުމައްރަދު ސޭކެއްހެން އޭނާއާ ދިމާއަށް ބަލަން ހުއްޓެވެ.
"ކަލާ އަޅުގަނޑުގެ ވާހަކައާ ނުޤަބޫލު ވެލެއްވީތޯ؟ އެހެންކަމަށްވާނަމަ މާފުކުރައްވުން އެދެން........ ނަމަވެސް ހިތަށް މަޖްބޫރުވީ މީ އަޅުގަނޑު ވަރަށް ކުރިންވެސް ނަންގަންނަން ބޭނުންވެފައި އޮތްވާހަކައެއް ނަމަވެސް މިނަންގެނެވުނީ. މިއަދު މިވާހަކަ ނަންގަންނަން ޖެހުނީ މި ގޭގައި ހުންނަން މަޖްބޫރުކުރުވި ސަބަބަކީ ވެސް ހަމަ މިކަންތައް ކަމަށްވާތީ .އަހަރެންނަކީ މީހަކާ އިނދެގެން އުޅޭ މީހެއް..... މިސްޓަރ ޘަނާ!
"އިންސާނުންގެ ޖަޡްބާތު އެކަހަލަ ކަންތަކަކަށް ނުބަލާ އަޅުގަނޑު ފަހަރެއްގައިވެސް ކަލާ މާޖިދު ދޫކޮށްލައްވާށެކޭ ނަމެއް ނުގަންނަން. ނަމަވެސް އަޅުގަނޑު މިއެދެނީ އަޅުގަނޑާވެސް ތަންކޮޅެއް ގާތް އެކުވެރިކަމެއް ބަހައްޓަވާ ދެއްވުން...... މަޑުމައިތިރި ކަމާއެކު އަޅުގަނޑާއެކު އުޅުން ބަހައްޓަވާ ދެއްވުން. އަޅުގަނޑު މިހިރީ ކަލާގެ ލޯތްބަށްޓަކައި ބަނޑުހައިވެފައި."
"އަނާގެ ފަރާތުން ލޯބި ނުލިބުނީތަ؟" ޒުމައްރަދު ވަރަށް ޢަޖައިބުވާ ކަހަލަ ރާގެއްގައި ބުންޏެވެ.
"އަނާ!" ޘަނާ މިހެން ބުނި ރާގުގައިވަނީ ޙައިރާންވެފައިވާގޮތެވެ.
"ނޫން..... ސްވީޓީ.... އޭނާއަކީ އަޅުގަނޑުގެ މުވައްކިލް އަދި އަނެއްކޮޅުން އެހާ ޑްރައި އަންހެން ކުއްޖެއްދެކެ ލޯބިވުމަކީ ސުވާލުވެސް އަޅުގަނޑުގެ ހިތުގައި އުފެދިފައެއްނެތް. އަނެއްވާހަކައަކީ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ މާޖިދު ޙާޞިލްކުރުމަށް. އޭނާގެ ވަކީލުކަމުން އަޅުގަނޑު ވަކިވީމާ އެކަން އޭނާ އެ ޤަބޫލު ކުރީވެސް ހަމައެންމެ ކަމަކަށް ޓަކައި. އެއީ އޭނާ މުދަލަށް ބޭނުންނުވާ ކަމާ އޭނާ ހަމަކަނި ބޭނުމީ މާޖިދުކަން މާޖިދުގެ ހިތަށް ވައްދާދިނުން. އޭނާ އަކީ ފިރިންނަށް އަޅުކަން ކުރާ ފާޑުގެ އަނތްބެއް. އޭނާގެ ހިތުގައި ލޯބީގެ ވައިރަސް އެއްނެތް. އަދި އަޅުގަނޑު ދުވަހަކުވެސް އޭނާއާ ދިމާއަށް އެނަޒަރުން ބަލާލާފައެއްވެސް ނޯންނާނެ. އޭނާޔާ އަޅުގަނޑަކީ ހަމައެކަނި ދެ ރަޙްމަތްތެރިން. އެކަމަކު މޮޔަމީހާ ތިޔަހާ ބޮޑުވާހަކައެއް ތިޔަ ބުނީ ވިސްނާލުމެއް ޚިޔާލުކޮށްލުމެއްވެސް ނެތި."
އެހެންބުނެފައި ޒުމައްރަދު އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.
އޭނާ އެ ކޮޓަރިއަށް އައި ބޭނުމެއްވެސް އޭނާ ހަނދާންނެތިއްޖެއެވެ. އަނެއް ދުވަހު އޭނާ ކުންފުންޏަށް ދިއުމުގެ ބަދަލުގައި ސިދާ ދިޔައީ އަނާގެ ގެއަށެވެ. އެންމެ ފުރަތަމަ އޭނާޔާ ބައްދަލުވީ ބިއްލާއެވެ އޭނާ ހުރީ ފެންޑާމަތީގައި ކޮންމެވެސް ފިކުރެއްގައެވެ
"އާދޭ........ މާސްޓަރ......... ކޮންހާލެއްތަ!" އިހަށްދުވަހު ދިމާވެސް ނުވެ ދިޔައީދޯ ބިއްލާ ހީނލާފައި ބުންޏެވެ.
"މާއަވަހަށް ދާންވެގެން ދިޔައީ. ކަލޭގެ ހާލުކިހިނެއްތަ؟"
"އަހަރެންގެ ޙާލު ރަނގަޅު އެކަމަކު މައިބާޕްއަށް ވެގެންއުޅޭ ގޮތެއް ނޭނގެ. އޭނާވަނީ ވަރަށް ކަންބޮޑުވެފައި
ސަބަބަކީ؟ "
"ސަބަބަކީ ފަހަރެއްގައި ކަލޭކަމަށްވެސް ވެދާނެ!"
"ކަލޭ ހާސްނުވޭ އަހަރެން އޭނާގެ ކަންބޮޑުވުން ދުރުކޮށްލަފާނަން! އެނބުރި ދަމުންވެސް އަހަރެންނާ ބައްދަލުކޮށްލާތި ،މާސްޓަރ!"
ބިއްލާ ޘަނާ ދެކެލޯބިން އޭނާއަށް މިހާރު ކިޔަނީ މާސްޓަރެވެ.
ޘަނާ ބޯޖަހާލާފައި އަނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ދޮރުގައި ޓަކިޖަހާލުން އެތެރެއިން އަނާ ބުނެލިއެވެ.
"އާދޭ!" އޭނާއަށް ޘަނާގެ ޓަކިޖެހުން އެނގެއެވެ
"މިހާރު ތިޔަ އުޅެނީ ކޮންކަމެއްގައި ޘަނާ!"
"ކަލާ މިހާރު ނާސްތާ ކުރައްވާ ނިމުނީތޯ؟ ނޫން.... ހަމައެކަނި ތައްޔާރުވީ ސައިވެސް ބިއްލާ ކޮއްކޮ ހަދާދިނީ
"މިހާރު ކަލާ ސައިބައްލަވައިފިންތަ؟"
"އަނާ."
ޘަނާ ބޭރަށްގޮސް ބިއްލާ ގާތުގައި އޭނާއަށް ސައިތައްޓެއް ގެނެސްދޭށޭ ބުނެފައި އެނބުރި ކޮޓަރިއަށް އަތުވެއްޖެއެވެ. އަދި ބިއްލާ ބަދިގެއަށް ހިނގައްޖެއެވެ
އާނ..... ދެދުވަސް ވަންދެން ކަލޭ ނުފެނިތިޔަ އުޅެނީ ކޮންތާކުތަ؟ އަދި އެވާހަކައެއް ނުބުނަމެއްނު "ކީއްތަކުރަނީ؟ އަރާމުކޮށްލަނީ."
"އޭގެ މާނައަކީ..."
"އަޅުގަނޑު މިގެއަށް އައީ ހަމައެންމެ ވާހަކައެއް ކަލާއަށް ނަންގަންނަން. ކަލާ އަމިއްލައަށް ބަދަލުވެލައްވަން މަސައްކަތް ކުރައްވާށޭ ނަންގަންނަން .ހިތާމަ ލިބިގަންނަމީހާ މަރުވަމުންދާނެ. އެ ބަޔަކަށްޓަކައި ކަލާ ތިޔަ ހިތާމަ ކުރައްވަނީ މީހުންނަކީ ނުލަފާ ސާރިދޯޅު ތަކެއްފަދަ ބައެއް. އަދި ނަންގަންނަންތޯ އަޅުގަނޑާއި ޚާންއާޞިފާ ދެމެދުގައި މިހާރު ވިޔަފާރި މުޅިން ނިންމާލެވިއްޖެ. އަޅުގަނޑު އެލިޔުންތަކުގެ ބަދަލުގަ އޭނާއާ ޕާރޓްނަރޝިޕް ހެދީ ޔަޤީން ކުރައްވާ. އަދި އެންމެ ފަނަރަދުވަހުގެ ތެރޭގައި އަޅުގަނޑު އެނބުރި އަންނާނަން."
"އަހަރެން އެއްވެސް އެއްޗެކޭ ނުބުނާނަން."
"އެހެން ހައްދަވައި ދެއްވައިފިނަމަ އެއީ އަޅުގަނޑަށް ކޮށްދެއްވާ ވަރަށް ބޮޑު އިޙްސާންތެރިކަމަކަށްވާނެ އަދި ކަލާ ކިބައިން އަޅުގަނޑު އެދެނީ ކަލާގެ ބައްޕަގެ ގެއަށް ދުރުވެ ދެއްވުމަށް."
"ކީއްވެގެން؟"
"އެއީ ކުޑަދުވަސްކޮޅަކަށް އަޅުގަނޑު މިގެ ބޭނުންވާތީ."
"ކީކޭ ބުނަންވެގެންތަ ތިޔައުޅެނީ! އަހަރެންކަލާގެ މައްޗަށް ވަރަށް ބޮޑަށް އިތުބާރުކުރަން ޘަނާ" އަނާ ކަންބޮޑުވެލާފައި ބުންޏެވެ
"އަޅުގަނޑު ކަލާ ކުރައްވާ އިތުބާރަށް އުނިކަމެއް އަންނާނޭ އެއްވެސް ކަމެއް ނުކުރަން އަނާޖީ! އަޅުގަނޑަށް އެކަހަލަ ކަމެއް ނުވެސް ކުރެވޭނެ ކަލާއަށް އެނގިލައްވާނެ!".
(ނުނިމޭ)
vv.reethi shukuran