ކުއްލި ނުރައްކަލުގެ ހާލަތަށްފަހު ސަރުކާރު ނޯންނާނެ: އަލީ ނިޔާޒު

ކުއްލި ނުރައްކަލުގެ ހާލަތު އުވާލާދުވަހަކީ މި ސަރުކާރުގެ އެންމެފަހު ދުވަސް ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ވިދާޅުވީ މިސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންނަމަވެސް "ގައުމުގައި ކުއްލި ނުރައްކަކުގެ ހާލަތުން އަރައިގަންނަ ދުވަހަކީ ސަރުކާރު ނިމޭދުވަސް. މިހާލަތުގައި ނޫންގޮތަކަށް ދެން މިސަރުކާރު ނުހިންގޭނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުކާރުގައި މިހާރު އެއްވެސް ބަދަހިކަމެއްނެތް ކަމަށެވެ. ރޭވުންތެރިކަމެއްވެސް ނެތްކަމަށެވެ. ސަރުކާރުވަނީ އަމިއްލަ ދެއަތުގައި ބިޑިއަޅުވައި އެއްވެސް އަތަކަށް ޖެހިލެވޭ ހާލަތެއްގައި ނޫންކަމަށްވެސް ވީޓީވީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ދެއްވަންޖެހޭ ޚިދުމަތްތައްވެސް ރަނގަޅަށް ނުދެވޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އިސްވެރިން އެބޭފުޅުންގެ ހަގީގީ މަސައްކަތް ދޫކޮށްލައްވައިފައި ރައްޔިތުންނަށް "ދޮގު މައުލޫމާތު ދެއްވުމަށް" މީޑިއާއިން ވަރަށްގިނައިން ފެންނަމުންދާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.