މީހުން މާލެ އައުމަށް ގޮވާލާ ފާރާތްތަކާމެދު ފިޔަވަޅު އަޅާނަން:ޕޮލިސް

އަންނަ ހުކުރުދުވަހު އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ހަރަކާތަށް މީހުން މާލެ އައުމަށާއި، ހަމަނުޖެހުމަށް ގޮވާލާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުހުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއާކު މިއަދު ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ އަންނަ ހުކުރު ދުވަހު ރާއްޖޭގެ އެކިސަރަހައްދުތަކަށް މީހުންއެއްވެ ހަމަނުޖެހުން ހިންގައި، ސަލާމަތީ ބާރުތަކާ ކުރިމަތިލައި ގައުމު ހަލަބޮލިކުރުމަށް ބަޔަކުރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށެވެ.

"މިފަދަ ފަރާތްތަކާމެދު ގާނޫނީ ހަރުކަށި ވިޔަވަޅުއަޅާނެ ވާހަކަވެސް ދަންނަވަން. އަދި ރަށްރަށުން މީހުން އައުމަށާއި ހަމަނުޖެހުމަށް ހިތްވަރުދޭ ފަރާތްތަކާމެދުވެސް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަން،" ޕޮލިހުންގެ ފަރާތުން ބަޔާން އިއްވަމުން ސްޕްރިންޓެންޑެންޓް އޮފްޕޮލިސް އަހުމަދު ޝިފާން ވިދާޅުވިއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާން ކުރައްވައިފައިވިޔަސް އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެފުރުސަތު ދީފައިވިޔަސް ގާނުތަކާއި ގަވާއިދުތަކާ ޚިލާފަށް އަމަލުކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. ގާނޫނާއި ހަމަނުޖެހުން ހިންގަން ރޭވުމާއި، ހަމަނުޖެހުން ހިންގުމަށް ފުލުހުން ޖަގާ ނުދެއްވާނެ ކަމަށްވެސް އެ ބަޔާނުގައި ޝިފާޒު ވިދާޅުވިއެވެ. "ގައުމު އަމާންކުރަން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރުމަށް ފުލުހުން ސާބިތުވެ ތިބޭނެ،" ކަމަށްވެސް ބަޔާން އިއްވަމުން ޝިފާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމުގެ އަމަންއަމާންކަން ނަގާލައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ނިޔަތުގައި ކުރަމުންދާ ކަންކަން އެއްގޮތަކަށްވެސް ބަލައިނުގަންނާނެ ކަމަށެވެ. "އެ ޒާތުގެ އެއްވެސް އަމަލެއް ފުލުހުން ޓޮލަރޭޓް ނުކުރާނެ ކަމަށް ދަންނަވަން. ފުލުހުން އަބަދުވެސް މަސައްކަތްކުރާނީ އަދި ސާބިތުވެ ތިބޭނީވެސް ގައުމުގެ ސުލްހަ މަސަލަސް ކަމާއި އަމާންކަން ގާއިމްކުރުމަށް،" އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.