ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެ

ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް މިއަހަރު ދީފައިވަނީ 1000 މީހުންގެ ކޯޓާއެކެވެ. މިކޯޓާގެ ދަށުން ރާއްޖެއިން 4 ޖަމާއަތަކުން ވަނީ މީހުން ހައްޖަށް ގެންގޮސްފައެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާފައި ވާއިރު، އެންމެ ފަހު ގްރޫޕް މާލެ އައިސްފައި ވަނީ މިއަދެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔަ ގްރޫޕުތަކުގެ ތެރެއިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް އިން 870 ހައްޖުވެރިން ވަނީ ގެންގޮސްފައެވެ. އަދި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން 90 ހައްޖުވެރިން ގެންދިޔައެވެ.

މީގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑުން 90 ހައްޖުވެރިން ގެންދިޔައިރު، އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވަނީ 90 ހައްޖުވެރިން ގެންގޮސްފައެވެ.

މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން 4 މީހަކު ވަނީ ނިޔާވެފައެވެ.

އޭގެތެރޭގައި ހިމެނެނީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން އާއި ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ އާއި ނ. ހޮޅުދޫ، ގާސިމް އިބްރާހިމް އަދި ހއ. ކެލާ، ސީސާންގެ، އަލީ ގާސިމެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.