ސްވިޑަން ގައި އަނެއްކާވެސް މުޞްޙަފެއް އަންދާލައިފި

މުޞްޙަފު އަންދާލުމުގެ ނުބައި ޢަމަލު ހިންގި މީހާ

މި ހަޑިހުތުރު އަމަލު ހިންގާފައިވާ މީހާއަކީ އަހަރުތަކެއް ކުރިން އިރާގުން ފިލައިގެން ސްވިޑަންއަށް ދިޔަ ސުލްވާން މޯމިކާ ނަމަކަށް ކިޔާމީހެކެވެ. އޭނާ ވަނީ ސްޓޮކްހޯމްގައި ހުންނަ އިސްލާމީ މަރުކަޒުގެ ކުރީގައި މުޞްޙަފެއްގެ ގަނޑުތަކެއް ވީދާލައި، އެ މާތް  ސަފުހާތަކުން އޭނާގެ ބޫޓު ފޮހެފައެވެ. އަދި މުޞްޙަފުގެ މެދަށް އޫރުމަސް އެޅުމަށްފަހު އޭގައި ރޯކޮށްލާފައެވެ.

'އިހުތިޖާޖެއް' ކަމަށް ބުނެ މި އަމަލު ހިންގި އިރު އޭނާގެ ބައިވެރިއަކު ދިޔައީ އަޑުގަދަކުރާއިން އިސްލާމްދީނަށާއި މުސްލިމުންނަށް ފުރައްސާރަކުރަމުންނެވެ. މި 'އިހުތިޖާޖު'ގައި 200 ވަރަކަށް މީހުން ބައިވެރިވިކަމަށް ވެއެވެ.

މި ނުބައި އަމަލު ހިންގާ މަންޒަރު ފެނުމުން އިސްލާމީ މަރުކަޒު ކައިރީގައި ތިބި މުސްލިމުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި الله أكبر ގެ މަތިވެރި ކަލިމަ ހަރުއަޑުން ކިޔާފައެވެ.

މޯމިކާ މުޞްޙަފު އަންދާލުމުގެ އަމަލު ހިންގާފައި ވަނީ ފުލުހުންގެ ހުއްދައާއެކުގައެވެ. މި އަމަލާ ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ "މިހާރު ގާނޫނުތައް ހުރި ގޮތުން އެކަން މަނާކުރެވެން ނެތް" ކަމުގައެވެ. މީގެ ކުރިން މިފަދަ އަމަލުތައް ފުލުހުން ހުއްޓުވިނަމަވެސް، ސްވިޑަންގެ ކޯޓުތަކުން ވަނީ ފުލުހުންގެ ނިންމުން ބާޠިލުކޮށް އެކަން ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

"ސްޓޮކްހޯމްގެ ބޮޑު މިސްކިތުގެ ކުރިމަތީގައި އިހުތިޖާޖުކުރަން އަހަރެން ބޭނުން. އަދި ޤުރްއާނާ މެދު އަހަރެން ދެކޭގޮތް ހާމަކުރަން އަހަރެން ބޭނުން. އަހަރެން މުޞްޙަފު ވީދާލައި، އެ އަންދާނަން." އެ ބުނާ އިހުތިޖާޖެއް ކުރުމުގެ ކުރިން މޯމިކާ ފުލުހުންނަށް ފޮނުވި ސިޓީގައި ވެއެވެ.

ސްވިޑަންގެ ސަރުކާރުން ވަނީ މިއަމަލާމެދު ނުރުހޭކަން ހާމަކުރުމަށް މަސައްކަތްކޮށްފައެވެ. މޯމިކާގެ އަމަލާ ގުޅޭގޮތުން ސްވިޑަންގެ ބޮޑުވަޒީރު އުލްފް ކްރިސްޓާސަން ވިދާޅުވެފައި ވަނީ އެއީ "ގާނޫނީ ގޮތުން ހުއްދަ، އެހެންނަމަވެސް ކުރިން ރަނގަޅުނޫން." ކަމެއް ކަމުގައެވެ.

ކީރިތި ޤުރްއާނަށް ފުރައްސާރަކުރުމުގެ މި އަމަލަކީ ސްވިޑަންއަށް އަނެއްކާވެސް ސިސޔާސި ގޮތުން ގޮންޖެހުންތަކެއް ކުރިމަތިކުރާނެ އަމަލެކެވެ. ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ މެންބަރަކަށް ވުމަށް ސްވިޑަން ކުރާ މަސައްކަތް ކާމިޔާބުނުވެފައި އޮތީ ތުރުކީގެ ދެކޮޅުހެދުމުގެ ސަބަބުންނެވެ. މިފަދަ އަމަލުތައް އެގައުމުން ނުހުއްޓުވާހާ ހިނދަކު ނޭޓޯގެ މެންބަރަކަށް ސްވިޑަން ވުމަށް ތުރުކީން އާނބަސް ނުބުނާނެ ކަމުގައެވ

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.