އެމެރިކާގައި ދިވެހި އެމްބަސީއެއް އަލުން ހުޅުވައިފިއެވެ.
ވޮޝިޓަންގައި މި އެމްބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ.
އެމެރިކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ނަމުގައި ހުޅުވި މި އެންބަސީއާއިއެކު 2 ޤައުމަށްވެސް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.
ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއާއެކު ކުރާ ޚާރިޖީ މުއާމަލާތްތައް މިހާރު ކުރިއަށް ގެންދާއިރު، އެމެރިކާގައި ރާއްޖެ ތަމްޞީލުކުރަނީ އދ. ގައި ހުންނަ ރާއްޖޭގެ މިޝަން މެދުވެރިކޮށެވެ.
ރާއްޖެއާއި އެމެރިކާގައި އެމްބަސީ ޤާއިމްކުރުމަށް ނިންމަވާފައިވަނީ އެމެރިކާގެ އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެމްބަސީ ހުޅުވުމަށް މިނިސްޓަރ ޝާހިދު އެގައުމަށް ކުރައްވާ ދަތުރުފުޅުގައި ވަނީ އެމެރިކާގެ އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާވެސް ބައްދަލުކުރައްވާފައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ލިބިވަޑައިގަންނަވާ ފުރުސަތެއްކަމަެވެ.
މީގެ އިތުރުން މިއީ އުފެއްދުންތެރި ދަތުރަކަށް ވާނެ ކަމަށް އުންމީދުކުރައްވާކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ވެސް އެ ޤައުމުގެ އެމްބަސީއެއް ހުޅުވުމަށް އަންނައިރު، ރާއްޖޭގައި އެމެރިކާގެ އެމްބަސީ ހުޅުވުމަށް ނިންމަވާފައިވަނީ ހުޅުމާލޭގައި އަލަށް ހުޅުވި ޢުމަރުޒާހިރު އޮފީސް ޢިމާރާތުގައެވެ.
ރާއްޖެއާއި އެމެރިކާއާދެމެދު ސިޔާސީ ގުޅުން ޤާއިމްކުރައްވާފައިވަނީ 1966 ވަނަ އަހަރުއެވެ.