ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި ޖަމީލާއި އުމަރު ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ސިޔާސީ ގޮތުން ލަފާ އެރުވުމަށްޓަކައި ޕޮލިޓިކަލް އެޑްވައިޒަރުންގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ މުޙަންމަދު ޖަމީލް އަޙްމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަޖައްސައިފިއެވެ.

ޖަރުމަނުގައި ހުންނަވައި ފޯނުން ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ.  ޑރ ޖަމީލާއި އުމަރު ނަސީރު ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންގެ ގޮތުގައި ހަމަޖެއްސެވިއިރު ޑރ ޖަމީލް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. ޑރ ޖަމީލް އާއި ޖަމީލުގެ ޓީމު ޖަރުމަނުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތްއިރު  އުމަރު ނަސީރު ޖޭޕީއަށް ސޮއި ކުރެއްވީވެސް ވަރަށް ފަހުންނެވެ.

ޑރ ޖަމީލާއެކު ޖޭޕީއަށް ސޮއި ކުރެއްވި އަނެއް ދެބޭފުޅުންނަކީ ރައީސް ޔާމީންގެ ސަރުކާރުގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި މަލީހު އާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އަމީންއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.