ރައީސް ކުރައްވަނީ ގައުމުގެ ކަރާމާތް ހިމާޔަތް ކުރުމުގެ މަސައްކަތް:ޑރ.ޒިޔާދު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު ކުރައްވަމުން ގެންދަވަނީ މާދަމާ މިގައުމުގެ އިއްޒަތާއި ޝަރަފް ހިމާތް ކޮށްދެއްވުމުގެ މަސައްކަތްޕުޅު ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

"ވަރަށް ފަޚުވެރިކަމާއެކު ދަންނަވައިލެވިދާނެ މިއަދު ރައީސުލްޖުމްހޫރިއްޔާ އެ ކޮށްދެއްވާ މަސައްކަޕުޅުތަކަކީ މާދަމާ މިގައުމުގެ އިއްޒަތާއި ޝަރަފާއި، ކަރާމާތް ހިމާޔަތް ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް ޕުޅުކަން،" އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން މިއަދު ގައުމަށް ކޮށްދެއްވާ މަސައްކަތްޕުޅު ހުރިހާ ދިމާއަކުންވެސް ރައްޔިތުން ބަލައިގަންނަ ކަމަށެވެ. އެކަމުހެ ހެކި ދުނިޔޭގެ ކަންކޮޅުތަކަށް ދިވެހިން ދައްކައިދެމުން ގެންދާކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޔާމީން ގައުމު ތަރައްގީކޮށް ދެއްވަނީ ވަކިދާއިރާއެއް ބައްލަވައިގެން ނޫންކަމަށްވެސް ޑރ. ޒިޔާދު ވިދާޅުވިއެވެ.

"އެމަނިކުފާނު ތަރައްގީ އެކުރައްވަނީ ވަކިދާއިރާއެއް ނުބައްލަވާ އިނގޭތޯ. ހަމައެކަނި އުމްރާނީ ތަރައްގީއެއްނޫން. މީހުންގެ ހިތްތަކުގައި ގައުމީ ވަންތަކަމާއި، ދީނީރޫހު އާލާ ކުރުމަށް ވަކި ގައުމީ މަޝްރޫއެއްގެ ގޮތުގައި އެމަނިކުފާނު މަޝްރޫއެއް ގައުމީ ފެންވަރުގެ މަޝްރޫއެއް އެބަ ކުރިއަށް ގެންދަވާ،" މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވިސްނުންފުޅު ހުންނެވީ ހަމައެކަނި ކޮންކްރީޓް އިމާރާތްތަކެއް ކުރުމަކަށް ނޫންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މާދަމާގެ މިގައުމުގެ މަތީ މަގާމުތަކުގައި ތިބޭނެ ކުދިން ބިނާކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށް އެބަގެންދަވާ. އެހެންވީމާ އަޅުގަނޑު އެއްވެސް ވަރަކަށް ޝައްކެއް ނުކުރަން ދެހާސް އަށާރަވަނަ އަހަރު ދިވެހި ރައްޔިތުން އެމަނިކުފާނު އައުދައުރަކަށް އިންތިޚާބު ނުކުރައްވާނެ ކަމަށް،" އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.