ފޭސް 2 ގައި އިމާރާތްކުރާ ދެ ސްކޫލެއްގެ މަސައްކަތް ނައިބު ރައީސް ބައްލަވާލައްވައިފި

ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރާ ދެ ސްކޫލެއްގެ މަސައްކަތް ނައިބު ރައީސް ބައްލަވާލައްވައިފިއެވެ.

އެގޮތުން ސީއެޗްއެސްއީގެ އިމާރާތާއި ޞަލާހުއްދީން ސުކޫލުގެ މަސައްކަތް ކުރިޔަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.

ނައިބު ރައީސްގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވެސް ވަޑައިގެންނެވިއެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ ސީއެޗްއެސްއީ އިމާރާތަކީ 8 ބުރިއަށް އިމާރާތް ކުރާ ސުކޫލެކެވެ. މި ސުކޫލު އިމާރާތް ކުރަމުންދާ ސަރަހައްދަކީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އައުޓްޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ ފުރަގަހުގައެވެ.

ފޭސް 2 ގެ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ޞަލާހުންދީން ސުކޫލު އިމާރާތް ކުރަނީ 6 ފަންގިފިލާއަށެވެ.

1000 އާއި 1200 ކުދިންގެ ޖާގައިގެ މި ދެ ސުކޫލަކީ 118 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކުރާ ސުކޫލެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.