(12 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަނާގެ ތުންފަތް މައްޗަށް މަލާމާތުގެ ހިނިތުންވުމެއް ގެނައެވެ.
"ކަލާއަށް ކުރިމަތިވެފައިވާ ނުރައްކައުތެރި ޕޮޒިޝަނާމެދު ކަލާއަށް ޚިޔާލު ނުކުރެއްވެނީ ކަންނޭނގެ. މިސްޓަރ ޚާންއާޞިފް.! ކަލާ މިހާރުތިޔަ ހުންނެވީ މުޅީން ބަރުބާރުވުމުގެ ދޮރުމަތީގައި"
"ތިޔަބުނީ ކީކޭ" ޚާންއާޞިފް ސިއްސައިގެންދިޔައެވެ.
"މިހާރު ކަލާ ދިރިހުންނެވުމާއު ބަރުބާދުވެ ދިޔުމުން ޚިޔާރު ކުރައްވާ ގޮތެއް އަޅުގަނޑު އަތުން ބައްލަވައި ގަންނަވާ! އަޅުގަނޑަކީ ޘަނާ ކަމުގައި ހީކުރައްވާ ބުއްވާ ކަލާ ބޭނުމީ ކޮންގޮތެއްތޯ؟"
"ކަލޭ....ކަލޭ" ޚާންއަޞިފް އެއްޗެއް ބުނަން އުޅެފައި ހުއްޓާލިއެވެ.
"ލައްބަ ބުނުއްވާ ކަލާ ބޭނުންވެ ލައްވަނީ ކޮންއެއްޗެއްތޯ؟
"އެ ލިޔުންތަކުގެ ބަދަލުގައި ބޭނުންވަނީ ކޮންއެއްޗެއްތަ؟"
"ކިހައިވަރެއް ދެއްވިދާނެތޯ؟"
"ކަލޭ ބުނޭ " ޚާންއާޞިފް ނަފްރަތުވެފައި ހަޅޭއްލަވައިގަތެވެ.
އަނާގެ މޫނުމަތިން ފެންނަނީ ޒަހަރެއްފަދަ ތޫނު އަސަރެކެވެ. އޭނާ އެ އަސަރާއެކު ޚާންއާޞިފާ ދިމާއަށް ބަލަން ހުރެ ބުންޏެވެ.
"ކަލާއަތުގައި އަޅުގަނޑުމެންނަށް ދެއްވަންއޮތީ ކޮންއެއްޗެއްތޯ؟ މިހާރު ކަލާ ތިޔަހުންނެވީ މުޅީން ބޭކާރުވެފައި!"
"ކޮންހާ ވިޔާނުދާ ވާހަކައެއްތަ ތިޔަދައްކަނީ؟ މިހިރަ ގޮތްކުޑަ އަންހެންކުއްޖާ!" ޚާންއާޞިފް ހީވަނީ އަނާގެ ގަޔަށް އަރައިގަނެފާނެހެންނެވެ. އަނާ ތުންހަދާލާފައި އަދި އައަތްވެސް އުފުލާލާފައި ބުންޏެވެ.
"އައްސަވާ ޚާންއާޞިފް! ކޮންމެ ނުލަފާ އިންސާނެއްގެ އަތުގައިވެސް ކުޑަނަމަވެސް ކޮންމެވެސް އެއްޗެއް އޮންނާނެ ނަމަވެސް ކަލާ އަތުގައި މިވަގުތު ހަމައެއްވެސްއެއްޗެއް ނެތް...ކަލާ މިހާރު ތިޔަ ހުންނެވީ މުޅީން ހުސްވެފައި...އެހެންވީމާ ތިޔަ ދަރަޖައަށް ބަނޑަށް ޖެހިގޮތްހުސްވެފައިވާ އިންސާނަކާއެކު އަޅުގަނޑު އެއްވެސް ވިޔަފާރިއެއް ނުކުރާނަން..."
ޚާންއާޞިފް ކުރާނެކަމެއް ނެތިގެން ތުންފިއްތާލިއެވެ. މިހުރިހާ ކަމަކީވެސް ހަމަ މި އަންހެންކުއްޖާ ކޮށްގެން އުޅޭކަންތައް ތަކެއްކަން މިހާރު އޭނާއަށް ވިސްނިއްޖެއެވެ. މިހުރިހާ ކަމެއްގެ ޒިއްމާދާރު މީހަކީ މި އަންހެންކުއްޖާކަން އެނގިއްޖެއެވެ. އެހެންކަމުން އޭނާ ހިސާބަކަށް ކޮންޓްރޯލްވެފައި އަތުގައި ހުރިބްރީފްކެސް އެނދުމަތީގައި ބަހައްޓައިފިއެވެ. އަދި އެއާއެކު އަނާގެ ކުރިމަތީގައި ހުރި އަނެއް ގޮނޑީގައި އިށީނދެފައި އަނާއާދިމާއަށް ބަލަން އިނދެފައި ބުނެލިއެވެ.
"ބުނޭ...ބޭނުމީ ކިހައި ފައިސާއެއް. ޚާންއާޞިފް އަތުގައި ހުރި ފައިސާ މަދެއްނޫން. އަދި ބުނަން އެ ޝައިތާނުވެސް އަވަހަށް މިތަނަށް ގެނޭ އަހަރެން މާގިނަވަގުތު މިތާނގައި ނަގާލާކަށް ނެތިން."
ކުއްލިއަކަށް ޚާންއާޞިފް ފަހަތުން މީހެއްގެ އަޑު އިވިއްޖެއެވެ.
"ކަލާއަށް މިހާރު އަޅުގަނޑު ބޭނުންވެލައްވާކަށް ނުޖެހޭނެ ޚާންއާޞިފް...އެހެނީ މިހާރު އަޅުގަނޑުގެ މަސައްކަތް ވަނީ ނިމިފައި. މިހާރު ކަލާ މުޢާމަލާތު ކުރައްވަންޖެހޭނީ އަނާއާ އަޅުގަނޑަކީ ވަރަށް ނިކަމެތި އިންސާނެއް. ރަނުގެ އެންމެ ދެ ތަނޑިގަނޑަށް ޓަކައި އަޅުގަނޑު އަމިއްލައަށް ވިކިފައިހުރި މީހެއް. އެހެންވީމާ މިހާރުކަލާގެ ނޭވާގެ ފިތްތައްވަނީ އަނާޖީގެ އިނގިލިތަކުގެ ދަށުގައި. އެހެން ބުނެފައި ޘަނާ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އޭނާގެ ފަހަތުގައި އާންޓީ ޒައިތޫންވެސް ހުއްޓެވެ.
"އެ ލިޔުންތައް ކޮބާ؟ ޚާންއާޞިފް ފުންމައިގެން ތެދުވެއްޖެއެވެ.
"އެ ހުރިހާ ލިޔުމެއް މިހާރުވާނީ އަނާޖީގެ ބޭންކުގެ ލޮކަރގައި ރައްކައު ކުރެވިފައި. އެ ލިޔުންތައް އަލުން ޙާޞިލް ކުރެއްވުންއޮތީ ކަލާގެ ވިސްނުމުގެ ކުޅަދާނަކަމުގެ މައްޗަށް ފައިސާއިން އިންސާނުން ގަނެފައި މަރާކަމަށް ކަލާ އިއްޔެވެސް ބުނުއްވީމެއްނު!"
"އަހަރެން ކޮންމެ އެއްޗެކޭ ބުނިނަމަވެސް މިހާރު އަހަރެން ބޭނުމީ އެ ލިޔުންތައް ބުނޭ ! ބޭނުމީ ކިހައިވަރެއްތަ؟"
"ވިޔަފާރި ކުރައްވަންޏާވެސް އަނާޖީއާ އެކުގައި ކުރައްވާ! މިކަމުގެ ޙަޤީޤީވެރިޔަކީ އޭނާއޭ އަޅުގަނޑު ނަންގެންފީމެއްނޫންތޯ؟ އަޅުގަނޑަށް އޮތްކަމަކީ އޭނާ ބުނުއްވާ ގޮތެއް ހެދުން." ޘަނާއުﷲ އެހެންބުނެފައި ހީލނިއެވެ. އަދި އަނާއާ ދިމާއަށް ބަލާލިއެވެ. އޭރުވެސް އަނާ އިނީ ޚާންއާޞިފާ ދިމާއަށް ބަލާށެވެ. ޚާންއާޞިފް އަނާއާ ދިމާއށް ބަލާޅާފައި ބުންޏެވެ.
"އާނ ކަލޭ ބުނެބަލަ އެ ލިޔުންތަކުގެ ބަދަލުގައި ބޭނުމީ ކިހައި އެއްޗެއްތަ؟"
"އަޅުގަނޑު އެއްވެސް އެއްޗެއް ބޭނުމެއްނޫން. ޚާންއާސިފް... ކަލާއަށް އެ ލިޔުންތައް ލިބިލައްވަފާނެ ހަމައެކަނި ޝާރުތަކީ ކަލާ އަލުން އެ ކޭހާ ކުރިމަތި ލެއްވުން އަދި އެއްފަހަރު ކޯޓަށް ދުރުވުން. އެހެން މިނަންގަންނަ ސަބަބަކީ މިހާރު އަޅުގަނޑު މިއުޅެނީ ޝަހަރުގެ ކޯޓަށް އަލުން އެމައްސަލަޔާއިގެންދާން. އަދި އެ ތާނގައި ކަލާއަކީ އަންހެންދަރިއެއްގެ ކާފައެއްކަން ޤަބޫލުކުރުވަން. ކަލާ ތިޔަހުންނެވީ އަންހެނެއްގެ އަބުރާ އިއްޒަތް ނަންގަވާލައްވާފައި. އަންހެނަކާ ދިމާއަށް ހަޑިހުތުރު އެއްޗެހި ކިޔުއްވާފައި. ޚާންއާޞިފް !ކަލާ އަންހެނަކު އަމިއްލައަށް މަރުވާ ދަރަޖައަށް އެ މީހާ ނިކަމެތިކޮށްލެއްވީމު...ނަމަވެސް ކަލާގެ ލޭގެ ސަބަބުން އަޅުގަނޑަށް ކޮޅަށް ހުރެވުނީ އަދި މިއަދު އޭގެ ބަދަލުކަލާގެ އަތުން ހިފުމަށްޓަކައި އަޅުގަނޑަށް މަރުނުވެ ހުރެވުނީ ...އަދި މިހާރު އަޅުގަނޑު އަލުން ކޯޓަށް މި ދަނީ ކަލާއަކީ ކޮންފަދަ ނުބައި މީހެއްކަން އެންމެންނަށް ހާމަކޮށްދިނުމަށް ޓަކައި. ކަލާގެ އަމިއްލަ ލެއަށް ހަޑިހުތުރު ބަސްތައް ރައްދުކޮށްފައި މުޅިދުނިޔެއަށް ގިނަކޮށްލިގޮތް ބޭޒާރުކޮށްލުމަށް ޓަކައި. ޚާންއާޞިފް ޞާހާބް އަޅުގަނޑު ކަލާކޯޓުގައި ގަންހިންގާނަން"
"އަދި ކަލާގެ ހުރިހާ ވާހަކަތަކެއް ކޯޓަށް އިއްވާނަން. އިންސާނުން ކަތުން..ދޮގުހެކިތައް އުފެއްދުން... ދޮގު ސެޓްފިކެޓްތައް ތައްޔާރުކުރުން އަދި ޚުދް ކަލާގެ ދަރިކަލުންނަކީ ކުދިން ލިބުން އެކަށީގެންނުވާ މީހެއްކަމުގެ ދޮގު ރިޕޯޓެއް ހެދުން...މިހިރަ ހުރިހާ ކަމެއް ކޯޓު އަންގައިދޭނަން. އެކަމަކު ޚާންއާޞިފް މިއަދު ކަލާއަށް ކުރެއްވޭނެ އެއްވެސް ކަމެއްނޯންނާނެ. އެއީ ތެދެއް! މިއަދު ކަލާގެ ނަޞީބުއޮތީ އަޅުގަނޑުގެ އަތްމަތީގައި ކަލާގެ އަތުގައި މިހާރު އެއްޗެއް ނެތޭ އަޅުގަނޑު ކުރިންވެސް ނަންގެންފީމެއްނޫންތޯ މިހާރު ދެން ކަލާޔާއެކު ކުރެވޭނެ ވިޔަފާރިއެއް ނޯންނާނެ!"
"އަހަރެން ބަލިވެއްޖެ ދަރިފުޅާ!"
"އަޅުގަނޑަށް ދަރިފުޅު ނުކިޔުއްވާ! ތިޔަކަހަލަ ހަޑި ދުލަކުން އެދަފަ މާތްނަންނަން ކިޔުއްވާކަށް ނުވާނެ އަޅުގަނޑަކީ ހަމައެކަނި އަމީރުއްދީނުގެ ދަރިފުޅު."
"އަނާޖީ...ޚާން އާޞިފަށް ކާފަދަރިކަލަކު ލިބިލެއްވިކަން ކަލާ ދެނެހުރިންތޯ؟ ކުއްޖެއް ނުލިބޭނެކަމަށް ބުނެފައިވާ މާޖިދަށް ފިރިހެން ކުއްޖަކު ލިބިއްޖެ. ޚާންއާޞިފް މުބާރަކްބާދު އަދާކުރަން ޖެހޭނެނޫންތޯ. އަޅެ މާޖިދުގެ އަނބިކަބަލުން އެ ފިރިހެންކުއްޖާ ހޯދީ ކޮންފަދަ ފާފައެއްކޮށްގެންތޯ ޚާންއާޞިފް!"
(ނުނިމޭ)
varahves reethi