ޖަމާއަތަށް މިސްކިތަށް ދާ މީހުންގެ ވެހިކަލްގައި ސްޓިކަރ ނުޖެހުމަށް މޭޔަރު އިލްތިމާސް ކޮށްފި

ރޯދަމަހު ޖަމާޢަތަށް އަރާ ފަރާތްތަކުގެ ވެހިކަލްތަކުގައި ސްޓިކާ ނުޖެހުމަށް މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރަށްވައިފިއެވެ.

މޭޔަރ މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާޢަތް ގަޑީގައި، ޚާއްސަކޮށް ރޯދަމަހު، ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާޢަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހާ ޖޫރިމަނާކުރަންޖެހޭނެ ކަމެއްނޫން ކަމަށެވެ.

މިއާއިއެކު މޭޔަރ ވަނީ ރޯދަމަހު، ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާޢަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި އޮންނަ ވަގުތުގައި ސްޓިކާ ނުޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

މާލެސިޓީގައި އެއްގަމު އުޅަނދު ޕާކުކުރެވޭނެ ފުރިހަމަ އިންތިޒާމްތަކެއްނެތި ޕާކިން މައްސަލައިގައި ޖޫރިމަނާކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ މިހާރުން މިހާރަށް މާފުކޮށްދެއްވުމަށްވެސް މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުންވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.