އެމްއެންޕީގެ ވެރިކަމެއްގައި ސިއްހީ ޚިދުމަތަށް ބޮޑު ބަދަލެއް ގެންނާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތްތައް އެކުލަވާލުމުގައި ބޮޑެތި އެދެވޭ ބަދަލުތަކެއް ގެނެވޭނެ ކަމަށް އެ ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެ ޕާޓީން ކުރިއަށް ގެންދާ "ނާޒިމް ބުނަނީ ކީކޭ" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ނާޒިމް ވިދާޅުވީ  ވެރިކަމެއްގައި ހަމަޖައްސާ ޞިއްޙީ ނިޒާމްގައި ތަޢާރުފުކުރާ އިންޝުއަރަންސް ކާޑުގައި، އަންހެނުން ބޭނުންކުރަންޖެހޭ ސެނިޓަރީ ޕެޑްސް ހިލޭ ލިބޭނޭ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.

ކުލަބު ހައުސްގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ ދަރިން ނުލިބުމުގެ މައްސަލައަށް ރާއްޖެއިން ޞިއްޙީ އިންޝުއަރަންސްގެ ނިޒާމުން ކުރެވޭނޭ ގޮތް ހަމަޖެހޭނޭ ކަމަށާއި އަންހެނުންގެ މައްސަރުގެ ބޭނުންތަކަށް ސެނިޓަރީ ޕެޑްސް ވެސް ހިލޭ ލިބޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެމް.އެން.ޕީގެ ވެރިކަމެއްގައި އެކުލަވާލެވޭ ޞިއްޙީ ނިޒާމްގައި ދަރަޖައިގެ ތަފާތުކޮށް އެކިފަންތީގެ މީހުންނަށް އެކި ފެންވަރުގެ ޤައުމުތަކުން ބޭސްކުރުމަށް އޮންނަ ފުރުޞަތު ތައް ނައްތާލައްވާނޭ ކަމަށާއި ބޭހުގެ ކަންކަން މަޖެހިގެންދާނީ ބަލީގެ ބޭނުންތަކުގެ ނިސްބަތުންކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ނާޒިމް މިފަހަކަށް އައިސް ފެނިގެންމިދަނީ ރިޔާސީ ރޭހުގައި ވާދަކުރައްވާނޭ ކަމަށް އިޢުލާނުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ޙަރަކާތްތެރިކަމާއެކު ކެމްޕެއިންކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.