ދިރާގަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ދިރާގުން ކޮންމެ އަހަރަކުވެސް ބާއްވާ އެވޯޑް ދިނުމުގެ ހަފްލާގައި އެކުންފުންޏަށް ގިނަ މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.

މިއީ މުވައްޒަފުން ކުންފުންޏަށް ހޯދާދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ. މި އަހަރުގެ އިވެންޓްގައި ވަނީ ދިރާގު ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއަރމަން އިސްމާޢީލް ވަޙީދާއި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދުގެ އިތުރުން ދިރާގުގެ ލީޑަރޝިޕް ޓީމްގެ މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބުރާސްފައި ދުވަހުގެ ރޭ ބޭއްވި މި އިވެންޓްގައި ވަނީ ކުންފުންޏަށް ޚިދުމަތްކޮށް ދޭތާ 10 އަހަރު، 15 އަހަރު އަދި 25 އަހަރުވީ 29 މުވައްޒަފެއްގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑްދީފައެވެ. މީގެ އިތުރުން ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ މުވައްޒަފުންނަށްވެސް އެވޯޑް ހަވާލުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ޑިވިޝަނަލް މެރިޓް 10 ސްޕެޝަލް މެރިޓް އެވޯޑް، 2 އިނޮވޭޝަން އެވޯޑް އަދި 2 އައުޓްސްޓޭންޑިން ލީޑާސް އެވޯޑެވެ.

ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޗެއާމަންގެ އެވޯޑާ ލިބިފައިވަނީ އެޑްމިނިސްޓްރޭޝަންގެ އެސިސްޓަންޓް މެނެޖަރ ސިވިލް، ސިނާޒްއަށެވެ. ވޭތުވެދިޔަ 6 އަހަރު ދިރާގަށް ޚިދުމަތްކޮށްފައިވާ ސިނާޒްއަކީ ކުންފުނީގެ އެކި ކަންކޮޅުތަކުގައި ހިންގާ ހުރިހާ ސިވިލް ޕްރޮޖެކްޓެއް މެނޭޖްކުރާ ޤާބިލް، ހީވާގި ލީޑަރެކެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢިލް ރަޝީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ވޭތުވެދިޔަ އަހަރުގައި އެވޯޑް ލިބުނު ހުރިހާ މުވައްޒަފުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުނ މީގެ އިތުރުން، ޤައުމު މުވާސަލާތީގޮތުން ގުޅާލުމުގައި ދިރާގުގެ ހުރިހާ މުވައްޒަފުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެމުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ދިރާގުން އަބަދުވެސް ދަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.