ސަރުކާރުން ތަރައްގީކުރި ފަރެސްމާތޮޑާ އެއަރޕޯޓު ރަސްމީކޮށް ހުޅުވައިފި

ސަރުކާރުން ތަރައްގީކުރި ފަރެސްމާތޮޑާ އެއަރޕޯޓު ރަސްމީކޮށް ހުޅުވައިފި އެވެ.

މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

މިސަރުކާރުން ތަރައްޤީކޮށް ހުޅުވި ދެވަނަ އެއަރޕޯޓަށް މި އެއަރޕޯޓު ވާއިރު، މިއީ އެތެރެގޭ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއަކާއި އެކު ތަރައްގީކޮށްފައިވާއިރު، ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް،ނެވިގޭޝަން ލައިޓްތައް ވަނީ ހަރުކޮށްފައެވެ.

ފަރެސްމާތޮޑާ ފަޅުތެރޭގައި އޮތް ކުދި ރަށްތަކެއް ހިއްކާ ގުޅުވާލައިގެން ތަރައްގީކުރި
ފަރެސްމާތޮޑާ އެއަރޕޯޓްގެ ޓަރމިނަލަކީ ސަރުކާރުން އަތޮޅުތަކުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ތަފާތު ޑިޒައިނަށް ފަރުމާކޮށްފައިވާ އެންމެ ހިތްގައިމު ޓަރމިނަލެވެ. ޓަމިނަލްގެ އެތެރެވެސް ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސް ރީތި ފަރުމާއަކަށެވެ.

މިއާއެކު މި އެއަރޕޯޓުން އެއްފަހަރާ 150 ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދެވިގެންދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.