ވިލިމާލޭ ބިއްރި މިސްކިތް މަރާމާތުކޮށް ބެލެހެއްޓުމަށް ހެޔޮއެދޭފަރާތަކުން ހަވާލުވެއްޖެ

މާލޭގެ މިސްކިތްތައް ރަނގަޅު ޙާލަތުގައި ބެލެހެއްޓުމަށް ކުރާ މަސައްކަތުގެ ދަށުން ވިލިމާލޭ ބިއްރި މިސްކިތް ބެލެހެއްޓުމުގެ އެންމެހާ ކަންކަން ހެޔޮއެދޭފަރާތަކުން ޙަވާލުވެއްޖެއެވެ.

ވިލިމާލޭ ބިއްރި މިސްކިތަކީ މިސްކިތުގައި ބޮޑަތި މަރާމާތުތަކެއް ހުރި މިސްކިތަކަށް ވުމާއެކު 4 ވަނަ ދައުރުގެ ކައުންސިލުން މިހާތަނަށްވެސް ދިޔައީ މަރާމާތުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާރުވެސް ކުލަލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބިއްރި މިސްކިތަށް މިހާތަނަށް ކައުންސިލުން ކުރި މަސައްކަތްތަކލުގެތެރޭގައި އެއަރކޯންތައް ރަނގަޅުކުރުމާ، ވުޟޫކުރާބައިގެ މުށިތައް ބަދަލުކުރުމާ، ސީލިންގް ފަންކާތަށް ބަދަލުކުރުމާ، ފެންއިސްކުރުތަށް ބަދަލުކުރުމާ، ޑައުން ލައިޓްތައް ބަދަލުކުރުމާ،. ކޯޑްލެސް މައިކް ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން މިސްކިތުން ފެންފައިބާތީ މަތީ ޝީޓް ވޯޓަރ ޕްރޫފްކުރުމުގެ މަސައްކަތާ ސީލިންގް ރަނގަޅުކުރުމުގެ މަސައްކަތްކުރެވުނެވެ. މިސްކިތުގެ މަސައްކަތްތަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުވެފައެވެ.

މި މަސައްކަތްތައްކުރެވުނުކަމުގައިވިއަސް ކުރިން ނުފެންނަ ބައެއް މައްސަލަތަށް ހުރުމާއެކު މިސްކިތުގެ ސީލިންގުން ބައެއް ވެއްޓި ބޮޑު މަރާމާތަކަށް ގޮސްގެން ނޫނީ ރަނގަޅުނުކުރެވޭގޮތްވަނީ ދިމާވެފައެވެ. މިސްކިތް މިހާލަތުގައި ވަނިކޮށް މިސްކިތުގެ އެންމެހާ މަރާމާތެއް ކުރުމާއެކު މިސްކިތް ބެލެހެއްޓުން ހެޔޮއެދޭ ފަރާތަކުން ޙަވާލުވެ ރޯދައަށް މިސްކިތް ނިންމުމަށް ވަރަށް އަވަހަށް މަސައްކަތް ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

ހަތަރުވަނަ ދައުރުގެ ކައުންސިލުން މާލޭ ސިޓީގެ މިސްކިތްތަކަށް ދަރުމަވެރިންގެ އެހީތެރިކަން ހޯދުމަށް ކަމާބެހޭ ޚާއްޞަ ޙަރަކާތެއްވަނީ ބާއްވާފައެވެ. މި ހަރަކާތުގެ ސަބަބުން މިސްކިތްތަކަށް އެހީތެރިކަން ދިނުން އިތުރުވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.