ވޯލްޑް ކަޕް 2022: ފްރާންސް ބަލިކޮށް އާޖެންޓީނާއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް، އާޖެންޓީނާއިން ފީފާ ވޯލްޑް ކަޕް 2022 ގެ ތަށި އުފުލާލައިފިއެވެ.

ވާދަވެރި ކުޅުމަކަށް ފަހު އާޖެންޓީނާއިން ފްރާންސްގެ މައްޗަށް ކުރި ހޯދީ ޕެނަލްޓީގައި 2-4 ނެ ގަތީޖާއިންނެވެ.

ވޯލްޑް ކަޕް ފައިނަލުގައި މިރޭ ފްރާންސާ ދެކޮޅަށް ކުޅެ އާޖެންޓީނާ ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ވަގުތުގެ ކުޅުން ހަމަވި އިރު، 3-3 ގެ ނަތީޖާއިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއިންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި، ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އާޖެންޓީނާއެވެ. އެގޮތުން ފްރާންސްގެ ފަހަތަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 23 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން މެސީ ޖެހި ލަނޑާއި އެކު އާޖެންތީނާއިން ލީޑު ނެގިއެވެ. މިއީ، ފްރާންސްގެ އޭރިޔާގެ ތެރެއިން ޑެމްބެލޭ ޑިމަރިއާއަށް ކުރި ފައުލްއަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އާޖެންތީނާއިން މެޗުގެ ލީޑު ފުޅާކުރީ މެޗުގެ 36 ވަނަ މިނިޓުގައި ޑި މަރިއާ ޖަހައިދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހި އާޖެންޓީނާއިން އުފެއްދި ކައުންޓާ އެޓޭކެއްގައެވެ.

ދެ ލަނޑުގެ ލީދަކާއި އެކު މެޗުގެ ފުރަތަމަ ހާފު އާޖެންޓީނާއިން ނިންމާލި ނަމަވެސް ފްރާންސުން ވަނީ ފުލުފުލުގައި ދެ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ.

ފްރާންސްން އެތީމުގެ ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން އެމްބާޕޭއެވެ. މިއީ ކޯލޯ މުއާނީއަށް އޮޓަމެންޑީ ކުރި ފައުލްއަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ފްރާންސްގެ ދެވަނަ ލަނޑު މެޗުގެ 81 ވަނަ މިނ ެޓުގައި ޖަހައިދިނީ ވެސް އެމްބާޕޭއެވެ.

ދެ ޓީމުން ވެސް އެއްވަރެއްގައި އޮވެ މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނުއިރު، އާޖެންޓީނާއި އެޓީމުގެ ތިންވަނަ ލަނޑު ޖެހީ މެސީއެވެ. އާޖެންޓީނާއިން ފޮނުވާލި ބޯޅަ ގޯލަށް ފޮނުވާލުމުން އުޕަމެކާނޯއަށް ބޯޅަ ސާފުކޮށްލެވުނީ  ބޯޅަ ގޯލު ރޮނގު ހުރަސްކުރިފަހުންނެވެ.

ފްރާންސުން ނަތީޖާ އަނެއްކާ ވެސް ހަމަހަމަކުރީ މެޗުގެ 188 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭއެވެ. ފްރާންސަށް މި ޕެނަލްޓީ ލިބުނީ ކޯމަން ފޮނުވާލި ހަމަލާއެއް އޭރިޔާގެ ތެރޭގައިހުރި މޮންޓިއޭލްގެ އަތުގައި ޖެހުމުންނެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި 8 ވަނަ ލަނޑެވެ. އަދި ފައިނަލް މެޗުގައި އޭނާ ވަނީ ހެޓްރިކް ހަދާފައެވެ. މިއާއެކު މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައި، ގޯލްޑަން ބޫޓް އޭނާ ވަނީ ކަށަވަރު ކޮށްފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ފުރަތަމަ ޕެނަލްޓީ ޖެހީ ފްރާންސުންނެވެ. އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ވައްދާލިއިރު، އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ މެސީ ކާމިޔާބު ކުރިއިރު، ފްރާންސްގެ ދެ ވަނަ ޕެނަލްޓީ ކޯމަން ފޮނުވާލުމުން މާޓިނޭޒް ވަނީ މަތަކޮށްފައެވެ. އާޖެންޓީނާގެ ދެ ވަނަ ޕެނަލްޓީ ޑީބަލާ ކާމިޔާބުކުރިއިރު، ފްރާންސްގެ 3 ވަނަ ޕެނަލްޓީ ވީ ނާކާމިޔާބެވެ. އާޖެންޓީނާއަށް 3 ވަނަ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޕަރެޑޭސްއެވެ. ފްރާންސުން ޖެހި 4 ވަނަ ޕެނަލްޓީ ކޯލޫ މުއާނީ ކާމިޔާބުކުރިއިރު، އާޖެންޓީނާ މޮޅުކޮށްދިން ޕެނަލްޓީ ޖެހީ މޮންޓިއޭލްއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.