ވޯލްޑް ކަޕް 2022: ކުއާޓާ ގައި އިންގްލެންޑާއި ފްރާންސް ބައްދަލުކުރަން ޖެހިއްޖެ

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ސެނެގާލް އާއި ދެކޮޅަށް ކުޅުނު މެޗުން ފަސޭހަ މޮޅެއް ހޯދާ އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަލް ބައިތް ސްޓޭޑިއަމުގައި ރޭ ސެނެގާލް އާއި ދެކޮޅަށް ކުޅުނު މެޗު އިންގެލެންޑުން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިންނެވެ.

މެޗުގެ ފެށިގެން ފުރަތަމަ ހާފުގެ ފުރަތަމަ ކޮޅު ރަނގަޅަށް ކުޅެ ސެނެގާލުން ވަނީ ރަނގަޅު ދެ ހަމަލާއެއް ވެސް އުފައްދާފައެވެ. ނަމަވެސް މި ހަމަލާތައް ވި ބޭކާރެވެ. ކާމިޔާބެއް ނުކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ ފަހު ވަގުތު ކޮޅު އިންގްލެންޑުން މެޗުގެ ކޮންޓްރޯލް އަތުލިއެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ ިމނެޓުގައި އިންގްލެންޑުން މެޗުގެ ލީޑު ނެގިއެވެ. މި ލަނޑު އިންގްލެންޑަށް ޖަހައިދިނީ  ޖޯޑަން ހެންޑަސަންއެވެ. މިއީ ޖޫޑް ބެލިންހަމް ދިން ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންގެލެންޑުން އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކުރިއިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ ލީޑު ފުޅާކޮށްފިނީ ޓީމުގެ ތަރި ހެރީ ކޭންއެވެ. އިންގްލެންޑުގެ ފަހު ލަނޑު ދެވަނަ ހާފުގައި ޖެހީ ބުކާޔޯ ސަކާއެވެ. ފަހު ދެލަނޑު ޖެހުމަށް އެހީތެރިވެދިނީ ފިލް ފޮޑެންއެވެ.

އިންގްލެންޑުން މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދިއިރު، އެޓީމުން މުބާރާތުގެ ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.