ބީ.އެމް.އެލް ޤައުމީ 46 ވަނަ ފެތުމުގެ މުބާރާތް ފަށައިފި

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ، ބީ. އެމް. އެލް 46 ވަނަ ޤައުމީ ފެތުމުގެ މުބާރާތް ފަށައިފި އެވެ.

ހުޅުމާލޭ މިނީ ކޮންޕްލެކްސް ސްވިމިންގ ޕޫލުގައި ކުރިޔަށްދާ މިމުބާރާތުގައި ޖުމުލަ 14 ޓީމެއް ވާދަކުރެ އެވެ. އެއީ ފިރިހެން 8 ޓީމާ އަންހެން 6 ޓީމެވެ.

ޓީމުތަކުގެ އިތުރުން ވަކި ވަކި ފެތުންތެރިންނަށް ވެސް ވާދަކުރެވޭގޮތަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މިމުބާރާތުގައި ޖުމުލަ 257 ފެތުންތެރިން ވާދަކުރެއެވެ. އެއީ ޖޫނިއަރ ކެޓަގަރީގައި 93 ފެތުންތެރިންނާ، ސީނިއަރ ކެޓަގަރީގައި 115 ފެތުންތެރިންނާ މާސްޓާސް ކެޓަގަރީގައި 34 ފެތުންތެރިންގެ އިތުރުން އެލީޓް އެތުލީޓް ވިތު ޑިސްއެބިލިޓީޒް ނުވަތަ އީ.އޭ.ޑީ ކެޓަގަރީގައި 15 ފެތުންތެރިންނެވެ.

މިމަހުގެ 19 އިން 25 ގެމުއްދަތަށް ކުރިޔަށްދާ މިމުބާރާތުގައި އެކިއެކި އިވެންޓްތަކުން ހީޓް އަދި ފައިނަލް ހިމެނޭގޮތަށް 500 އަށްވުރެ ގިނަ އިވެންޓް ކުރިޔަށް ގެންދެވޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސްޕޮންސަރގެ ދަށުން ކުރިޔަށްގެންދާ މިމުބާރާތުގެ އިވެންޓުތައް ހުޅުމާލޭ ސްވިމިންގ ޕޫލުގައި ކުރިޔަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 ން 21:00 ށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.