މުފްތީ ގެ ދަރުސް މިރޭ އައްޑޫ ސިޓީގަ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސް އާދިއްތަ ދުވަހުރޭ ( 30 އޮކްޓޯބަރު 2022) އައްޑޫ ސިޓީގައި އޮންނާނެ އެވެ.

އައްޑޫ ސިޓީގެ އައްޑޫ ހައިސްކޫލުގައި އޮންނަ މި ދަރުސްގެ މައުޟޫއަކީ ”ޕްރޮޑަކްޓިވް މުސްލިމް” މި މައުޟޫޢު އެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ދަރުސްވެސް އޮންނާނީ ރޭގަނޑު 8.45 ގަ އެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ވަނީ މާލެއާއި ފުވައްމުލައް ސިޓީގައި ދަރުސް ދެއްވާފައެވެ.  އަދި ހުޅުމާލޭގައި ދެއްވުމަށް ހަމަޖެހިފައިވާ ދަރުސް އޮންނާނީ 31 އޮކްޓޯބަރު 2022 ސިންތެޓިކް ޓްރެކްގަ އެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.