މުފްތީ މެންކްގެ ދަރުސްތައް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާތަން ބަދަލުވެއްޖެ

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެއެވެ.

މިހާރު ފުވައްމުލައް ސިޓީގައި ދަރުސް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ  ( 29 އޮކްޓޯބަރު 2022) ޙާފިޒް އަޙްމަދު ސްކޫލުގައެވެ.

އައްޑޫ ސިޓީގައި ދަރުސް އޮންނާނީ އާދިއްތަ ދުވަހުގެރޭ ( 30 އޮކްޓޯބަރު 2022 )  އައްޑޫ ހައި ސްކޫލްގައެވެ. މޫސުން ގޯސްވުމާ ގުޅިގެން ދަރުސް ބާއްވާ ތަން ބަދަލުވި ނަމަވެސް ދަރުސް އޮންނަ ގަޑިއަކީ ކުރިންވެސް ހަމަޖައްސާފައިވާ ގަޑިކަމުގައިވާ ރޭގަނޑު  8:45 އެވެ.

ޙާފިޒް އަޙްމަދު ސްކޫލުގައި ހޮނިހިރު ދުވަހުގެ ރޭ  އޮންނަ ދަރުސްގެ މައުޟޫއަކީ އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން މި މައުޟޫޢު އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ

ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސްތަކުން ހުކުރު ދުވަހުގެ ރޭ މާލޭ ސިޓީގައި ބޭއްވި ދަރުހަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މުފްތީ މެންކާގެ ދަރުސްތައް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުޅުމާލޭގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތު ލިބިގެންދާނެއެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.