މިއުޒިޝަން ޔޫނިއަންގެ 4 ވަނަ އަހަރީ ޖަލްސާ ބާއްވާ ތާރީޚު އިއުލާން ކޮށްފި

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ 4 ވަނަ އަހަރީ ޖަލްސާ ބާއްވާ ތާރީޚު އިއުލާން ކޮށްފި އެވެ.

އެ ޔޫނިއަން އިން ބުނީ މި ޖަލްސާ ބޭއްވުމަށް މިހާރު ނިންމާފައިވަނީ މި ފެށޭ ނޮވެމްބަރ މަހުގެ ފަހު ހަފުތާގެ ތެރޭގައި ކަމަށެވެ.

އެހެންނަމަވެސް ޖަލްސާ ބާއްވާނެ ތާރީޚާއި ގަޑި، ޔޫނިއަންގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު އިއުލާން ކުރާނެ ކަމަށް އެ ޔޫނިއަން އިން ބުނެއެވެ.

ޔޫނިއަންގެ ހިންގާ ކޮމިޓީގެ ދައުރަކީ ދެ އަހަރެވެ.

ހިންގާ ކޮމިޓީގެ ހުރިހާ މަގާމަކަށްވެސް އިންތިހާބު ކުރުމަށް ވޯޓުލުން ކުރިއަށްދާނެއެވެ. ހިންގާ ކޮމިޓީގެ މަގާމުތަކަކީ:

  1. ރައީސް
  2. ނައިބު ރައީސް
  3. ޙަޒާންދާރު
  4. އަމީން ޢާންމު
  5. ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ

ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ޝައުގުވެރިވާ މެމްބަރުންގެ ނަންތައް ހުޝަހެޅުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ.

އިންތިހާބުގައި ބައިވެރިވާން ޝައުގުވެރިވާ މެމްބަރުން ކުރިމަތިލާން ބޭނުންވާ މަގާމު ފާހަގަކޮށް އެމް.ޔޫ.އެމްގެ އީމެއިލް އެޑްރެސް admin@musiciansunion.mv އަށް 26 ނޮވެމްބަރގެ ކުރިން އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.