ދިރާގުން ޖަލާލުއްދީން ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދީފި

ދިރާގުން އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލުގައި ކުރިއަށްގެންދާ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މިގޮތުން ޖަލާލުއްދީން ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިރާގުން ވަނީ އެ ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ބޭނުންވާ އަދި ދަރިވަރުންގެ ކިޔެވުން އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެ  ތަފާތު ވަސީލަތްތައް ހަދިޔާކޮށްދީފަ އެވެ. މީގެ ތެރޭގައި ކޮމްޕިއުޓަރ ސިސްޓަމްތަކާއި ފަރުނީޗަރު، ޖިމް ކަސްރަތު ބޯޅަ އަދި އެ ޔުނިޓަށް ބޭނުންވާ އެކި ފޮތްތަކާއި ޕަޒްލްތައް ހިމެނެ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާފައިވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފްއެވެ.  މީގެ އިތުރުން ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން،  ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުޙައްމަދު އާއި ސްކޫލް މެނޭޖްމަންޓް، ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ މުވައްޒަފުންވެސް ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

"ތަޢުލީމަށް ކުރާ ކޮންމެ ހޭދައަކީ މުސްތަޤުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް. އެހެންކަމުން ޖަލާލުއްދީން ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ދިރާގުން ފޯރުކޮށްދެއްވި މި ބޮޑު އެހީތެރިކަމަށް ދިރާގުގެ ވެރިންނަށާއި މުވައްޒަފުންނަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން. ތި ވެދެއްވި އެހީގެ ސަބަބުން ސްކޫލްގެ ވަސީލަތްތައް އިތުރުވެ، ދަރިވަރުންނަށާއި މުދައްރިސުންނަށް ރަނގަޅު އަދި ދެމެހެއްޓެނިވި ފައިދާއެއް ވާނެކަން ޔަޤީން" މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވިއެވެ.

"ޖަލާލުއްދީން ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ތި ވެދެއްވި އެހީގެ ސަބަބުން ސްކޫލްގެ ދަރިވަރުންނަށާއި ޓީޗަރުންނަށް ރަނގަޅު އަދި ދެމެހެއްޓެނިވި ފައިދާއެއް ވާނެކަން ޔަޤީން" މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވިއެވެ.

"ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޒުވާނުން ބާރުވެރިކުރުމަކީ އަޅުގަނޑުމެންގެ ސީއެސްއާރު ޕްރޮގްރާމްގައި ޚާއްޞަ އަހައްމިއްޔަތު ކަމެއްދޭ ދާއިރާއެއް. މިގޮތުން އަޅުގަނޑުމެން އަބަދުވެސް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެހީތެރިވުމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މުޖުތަމަޢުތައް ބާރުވެރިކުރުމަށް އިސްކަމެއްދޭނަން. ދިރާގުގެ ޑައިރެކްޓާރ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

"ދިރާގުގެ އެއްބާރުލުމާއި ދީލަތި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މި ވަސީލަތްތަކުގެ ސަބަބުން ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ. އަދި ޖަލާލުއްދީން ސްކޫލްގެ މަޤްސަދެއްކަމަށްވާ އިންކްލޫސިވް އެޑިއުކޭޝަނަށްވެސް ވަރަށް ބޮޑު ބާރަކަށްވެގެންދާނެ." ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުޙައްމަދު ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުވާސަލާތީ ގުޅުމުގެ އިތުރުން މުޖުތަމަޢުއަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިގޮތުން ދިރާގުން މިހާރުވެސް ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމަޢުގެ ޒުވާނުން ބާރުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.