ދިރާގުގެ 'ސަޅި ކުއާރޓާލީ' އެޑް-އޮންއިން 3 މަސްދުވަހަށް ކޮންމެ ދުވަހަކު 6ޖިބީ ޑޭޓާ!

ދިރާގުގެ އައު 'ސަޅި ކުއާރޓާލީ' އެޑް-އޮންއާއި އެކު ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް 3 މަސްދުވަހުގެ ނިޔަލަށް 6ޖީބީ ޑެއިލީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް މިހާރު އެންމެ 1100 ރުފިޔާއަށް ޖުމްލަ 540ޖީބީގެ ޑޭޓާ ލިބިގެންދާނެ އެވެ.

'ސަޅި ކުއާރޓާލީ' އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް  https://bit.ly/Dhiraagu-App   ނުވަތަ 343 އަށް ‘S1GB90’ ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް އެކްޓިވޭޓްކޮށްލެވޭނެ އެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ. (އިތުރު މައުލޫމާތު:  https://bit.ly/3xpM4WP )

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.