އައްޑު ސިޓީ ހިތަދޫއިން ފީނަން ފޭބި ތޮލާލް ނިޔާވެއްޖެ

ފީނަން ފައިބާ އުޅެނިކޮށް ނިޔާވި އައްޑޫ ސިޓީ ފެހިވިނަ ތޮލާލު އަހުމަދު

އައްޑު ސިޓީ ހިތަދޫއިން ފީނަން ފޭބި އެރަށު ފެހިވިނަ، ތޮލާލް އަހްމަދު ނިޔާވެއްޖެ އެވެ.

އުމުރުން 24 އަހަރުގެ ތޮލާލް ނިޔާވީ އައްޑޫ އެކުއެޓޯރިއަލް ހޮސަްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މަސް ހިފަން ޑިންގީއަކުން ފޭބި ތިން މީހުންގެ ތެރެއިން ތޮލާލު ގެއްލުނު ކަމުގެ ރިޕޯޓު ލިބުނީ ހެނދުނު 11:30 ހާއިރު ކަމަށެވެ. ޑައިވިން ދޯންޏެއްގައި އުޅޭ ބައެއްގެ އެހީތެރިކަމާއެކު، އޭނާ ކަނޑު އަޑިން ނަގައިގެން ގެންދިޔައީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ކަމަށެވެ.

އެ ޒުވާނާ މެންދުރު 1:05 ގައި ނިޔާވީ، އިމަޖެންސީ ރޫމުގައި ފަރުވާ ދެނިކޮށް ކަމަށް އެ ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޯ ސީޒަންސްގެ ރިސޯޓެއްގައި މަސައްކަތްކުރާ ތޮލާލު ޗުއްޓީ އަށް ހިތަދު އަށް ދިޔައީ އިއްޔެ އެވެ. އޭނާ ނިޔާވިއިރު، އަންބަކު ދުނިޔޭގައި އެބަހުއްޓެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.