ކުރެންދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

ޅ. ކުރެންދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ފައްޓަވައިދެއްވައިފި އެވެ.

21 އޮކްޓޯބަރު 2022 ގައި ކުރެންދޫގައި މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގައި މިނިސްޓަރގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަނީ ޢަބްދުލް ޙަކީމްއާއި، ކުރެންދޫ ކައުންސިލުގެ ރައީސް އިސްމާޢީލް މަދީހު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިމްސް ކޮންސްޓްރަކްޝަނުން މި މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 11 މެއި 2022 ގަ އެވެ.

365 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް މި މަސައްކަތް ޙަވާލުކޮށްފައިވަނީ  14,231,686.04 (ސާދަ މިލިއަން ދެ ލައްކަ ތިރީސް އެއްހާސް ހަސަތޭކަ އަށްޑިހަ ހައެއް ޕޮއިންޓް ހަތަރެއް ) ރުފިޔާއަށެވެ.

ޅ. ކުރެންދޫ މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް އިމާރާތްކުރެވޭ ޖުމްލަ 700 މީހުންގެ ޖާގަ ހިމެނޭ މިސްކިތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.