ދިރާގުގެ  'ސަޅި މަންތުލީ 2ޖީބީ' އެޑް-އޮންއާއިއެކު ކޮންމެ ދުވަހަކު 8ޖިބީ!

ދިރާގުގެ އަޕްގްރޭޑަޑް 'ސަޅި މަންތުލީ 2ޖީބީ' އެޑް-އޮންއާއިއެކު ކަސްޓަމަރުންނަށް މިހާރު އިތުރު ޑެއިލީ ޑޭޓާ ލިބޭނެއެވެ.

މި އައު އޮފާރއާއި އެކު ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ދުވާލަކު 8ޖީބީ ޑެއިލީ ޑޭޓާ – ހަމަ އެންމެ 745 ރުފިޔާއަށް ލިބޭނެއެވެ.

މަހަކު ޖުމްލަ 240ޖީބީ ލިބޭ މި 'ސަޅި މަންތުލީ 2ޖީބީ' އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް  https://bit.ly/Dhiraagu-App  ނުވަތަ 343 އަށް ‘S2GB30’ ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް ނެގޭނެއެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

(އިތުރު މައުލޫމާތު:  https://bit.ly/3xpM4WP )

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.