ބީއެމްއެލް އިން ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި، ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ކަސްޓަމަރުންނަށް ތިރީގައިވާ އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

  • އެންމެ ފުރަތަމަ ހުޅުވާ 1500 އެކައުންޓުގެ ތެރެއިން ކޮންމެ އެކައުންޓަކަށް 200 ރުފިޔާ ޖަމާކުރެވޭނެ.
  • ކާޑު ބޭނުންވާ ކަސްޓަމަރުންނަށް ހިލޭ ރީލޯޑް ކުރެވޭ ޕްރީޕެއިޑް ކާޑެއް
  • ޕްރޮމޯޝަން ނިމޭއިރު، 50 ފަރާތަކަށް 2،500 ރުފިޔާ

މި ޕްރޮމޯޝަން ކުރިޔަށްދާނީ 16 އޮކްޓޯބަރު އިން ފެށިގެން 16 ނޮވެމްބަރު 2022 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި، ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ކައުންޓަރެއް ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، އެކައުންޓް އޯޕަނިންގ ސެންޓަރ އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ގައި ހުންނާނެ އެވެ.

މީގެ އިތުރުން 29 އޮކްޓޯބަރު 2022 ވާ ހޮނިހިރު ދުވަހު ކިޑްސް ސޭވަރ އެކައުންޓް ހުޅުވުމަށް ހާއްސަކޮށް ބީއެމްއެލް އެކައުންޓް އޯޕަނިންގ ސެންޓަރ އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވިފައި ހުންނާނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.