ބީއެމްއެލް އިނޮވޭޝަން ލެބް ހެކަތަން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން 30 އަށް ވުރެގިނަ ބައިވެރިންނާއެކު އިނޮވޭޝަން ލެބް ހެކަތަން ހޮޓެލް ޖެންގައި ފަށައިފި އެވެ.

މި ހެކަތަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ  'ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް' ތީމްގެދަށުންނެވެ. 48 ގަޑިއިރަށް ދެމިގެންދާނެ މި ހެކަތަން ގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންނާއި ޓީމްތަކަށް ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް ވަނީ ހުޅުވާލެވިފަ އެވެ.

މި ހެކަތަންގައި 3 ޓީމު ހޮވައި މި ޓީމްތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް  6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. ހޮވޭ ޓީމުތަކާއެކު އެ ފަރާތްތަކުން ހުށަހަޅާ ސޮލިއުޝަން ބޭންކާއެކު އެއްބަސްވެވޭ އަގެއްގައި ގަތުމަށްވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ބޭންކުން ތިރީގައިވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

  • މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް (ތަނެއް) ހަމަޖައްސައިދިނުން
  • ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ
  • ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް

މި ހެކަތަން ކާމިޔާބު ކުރާ ޓީމުތައް ހޮވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޯބަރު 2022 ގަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.