ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއަރގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ 2022 ވޮލީބޯލް ވާރލްޑް ބީޗް ޕްރޯ ޓުއަރ – މޯލްޑިވްސް ޗެލެންޖްގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު ސޮއެކޮށްފި އެވެ.

މިއީ އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ) އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.

2022 ވަނަ އަހަރުގެ ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއަރއަކީ ތިން ފަންތިއެއްގެ މައްޗަށް އެކުލެވޭ ޕްރޮފެޝަނަލް ބީޗް ވޮލީ ސަރކިޓެކެވެ. މިގޮތުން މި މުބާރާތުގައި ފިއުޗަރ، ޗެލެންޖް އަދި އެލީޓް 16 ކެޓެގަރީއެއް ހިމެނެއެވެ. މިއަހަރު މާރިޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ އެކި ބައިތައްވަނީ މުޅި ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ބޭއްވުމަށް ހަމަޖެހިފަ އެވެ.

މި މުބާރާތުގެ ރާއްޖޭގެ އިވެންޓު ކުރިއަށްދާނީ 13 އިން 16 އޮކްޓޫބަރު 2022 ނިޔަލަށް ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގަ އެވެ. ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 28 ގައުމަކުން 200 އަށް ވުރެ ގިނަ ކުޅުންތެރިން މި ގްލޯބަލް އިވެންޓުގައި ބައިވެރިވެ އެވެ.

ދިވެހިރާއްޖޭގެ ވޮލީބޯލް އިތުރަށް ކުރިއެރުވުމަށާއި ރާއްޖޭގެ ވޮލީބޯލް ކުޅުންތެރިންނަށް އިތުރު ފުރުޞަތުތައް ލިބޭ މިފަދަ އިވެންޓުތަކަށް އެއްބާރުލުންދިނުމަކީ ދިރާގުން ވަރަށް ފަޚުރުވާކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.