ބޯހިމެނުމުގެ މަސައްކަތް ނިމިއްޖެ – ވަގުތީ ނަތީޖާގެ ބަދަލުގައި ނެރޭނީ ދާއިމީ ނަތީޖާ

ފޮޓޯ: ވަން އޮންލައިން

މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ އަމަލީ މަސައްކަތް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޯހިމެނުން މިހާރު ނިންމާލާފައިވީނަމަވެސް މާލޭ ސަރަހައްދުގައި ނުވަދެވުނު 900 އެއްހާތަން އެބަހުރިކަމަށެވެ.

އެހެންވެ، އެތަންތަނުން މީހުންނާ ގުޅޭނެ ގޮތް ފަހިވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށާއި މިހާތަނަށް ބޯހިމެނިފައި ނުވާ ލޭބަރ ކުއާޓަރ އަދި ރަޖިސްޓްރީ ކޮށްގެން އިގްތިސޯދީ މަސައްކަތްތައް ހިންގާ ތަންތަނުން އެކަން އަންގައިދިނުމަށް ވެސް ބިއުރޯއިން ވަނީ އެދިފަ އެވެ.

މީގެ އިތުރުން އެ އިދާރާ އިން ބުނީ ބޯހިމެނުމުގެ ވަގުތީ ނަތީޖާ އަންނަ ބުރާސްފަތި ދުވަހު ނެރޭގޮތަށް ކުރިން އޮތްނަމަވެސް ދެން ނެރޭނީ ދާއިމީ ނަތީޖާ ކަމަށެވެ. އެގޮތުން ދާއިމީ ނަތީޖާ ނެރެން ކަނޑައަޅާފައިވާ ތާރީޚު ކަމަށްވާ މި އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު ދާއިމީ ނަތީޖާ ނެރޭނެ ކަމަށް ވެސް ބުންޏެވެ.

ބޯހިމެނިފައި ނުވާ މީހުންނާއި ތަންތަނުން އެ ބިއުރޯގެ ހޮޓްލައިން، 1423 ނުވަތަ 3008400 އަށް އަންގަވައި ދެއްވުން އެދޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.