ވ. އާރަށުގެ މައްސަލަ: ދިފާއީ ހެކި ބަސް ނަގާ ނިމިއްޖެ

ވ. އާރަށުގެ މައްސަލައިގާ ދިފާއީ ހެކި ބަސް ނަގާ ނިމިއްޖެ އެވެ.

އެ ރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރާ މައްސަލާގެ ހެކިބަސް ނަގައި ނިމުނީ މިއަދު އެވެ.

އެގޮތުން މިއަދު ނަގާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުޖުތާޒު އަދި ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު ޒުހޫރުގެ ހެކިބަހެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފަ އެވެ.

މިމައްސަލާގައި މިއަދު ވަނީ ދިފާއު ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާ ނިންމާފަ އެވެ. ދިފާއުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލާގައި ހުށަހަޅާފައިވަނީ 7 ހެކިން ނެވެ.

ހެކިނަގެ ހެކިބަސް ނެގުމަށްފަހު ޝަރީއަތުން ވަނީ މިމައްސަލާގައި ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުން މިމަހުގެ 29 ވަނަ ދުވަހު ބާއްވާނެކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިމުއްދަތަކީ މާ ކުރު މުއްދަތެއްކަމަށް ދިފާއީ ވަކީލުން ވިދާޅުވުމުން ޤާޒީވަނީ ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުން ފަސްކުރެވޭނަމަ އެކަން ކުރީބައިގައި ޝަރީއަތުން އަންގާނެކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ އަޑު އެހުން ނިންމަވާލައްވަމުން ޤާޞީ ވަނީ ހަކިބަހާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހަށް އެއްވެސް ބަދަލެއް އަންނަ ނަމަ ކުރީބައިގައި އަންގަވާނެކަމަށް ވިދާޅުވެފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.