ކޯސްޓްގާޑާއި މާލޭ އޭރިއާ ކޮމާންޑުން ހުޅުމާލޭ ފަޅު ސާފުކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ގުޅިގެން މިއަދު ހުޅުމާލޭ ފަޅު ސާފުކޮށްފި އެވެ.

މިއީ އިންޓަރނޭޝަނަލް މެރިޓައިމް ވީކް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއަދު ހެނދުނު ފެށި މި ސާފުކުރުމުގެ ހަރަކާތުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެމްޑީއެފް މާލޭ އޭރިއާ ކޮމާންޑްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފަ އެވެ.

މި ގޮތުން މިހަރަކާތުގައި ހުޅުމާލޭ ހުޅަނގު ފަރާތު ހޭޅިފަށާއި ގޮނޑުދޮށާއި މޫދު އަދި ވަށައިގެންވާ ސަރަޙައްދުތައް ވަނީ ސާފުކޮށްފަ އެވެ.

މި ހަރަކާތުގައި އެ ސަރަހައްދުތަކުން ސިފައިން ވަނީ 300 އަށް ވުރެ ގިނަ ކޮތަޅުގެ ޕްލާސްޓިކާއި ކުނި ނަގައި ސާފުކޮށްފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.