އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ވަގްފް ފަންޑަށް ފައިސާ ފޮނުވޭގޮތަށް ހަދައިފި

މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް އެހީދޭން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ވެވޭ ފަހުމުނާމާގައި މިއަދު ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރ، ޗީޕް އެގްޒެކެޓިވް އޮފިސަރު ޚާލިދު ޙަސަން އަލް-ޙަމާދީ އެވެ.

މިއަދު ސޮއިކުރެވިގެންދިޔަ އެއްބަސްވުމާއެކު، މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް އެހީދޭން ބޭނުންވާ ހުރިހާ ފަރާތްތަކަށް ކިއު.އާރް ކޯޑެއް މެދުވެރިކޮށް އުރީދޫގެ އެމް-ފައިސާ އެޕްލިކޭޝަނުން، މިނިސްޓްރީގެ "މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑު" އަށް ފައިސާ ހަދިޔާކުރެވޭނެއެވެ. އަދި އުރީދޫ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް ފައިސާ ހަދިޔާކުރެވޭނެ އިންތިޒާމު ރަސްމީކޮށް ފެށުމުގެ ގޮތުން، އުރީދޫއިން މިނިސްޓްރީއާއެކު ވަނީ ކ.ހިންމަފުށީ މަސްޖިދު އިނާރާ ގައި މައުލޫމާތު ބޯޑު ހަރުކޮށްދެއްވާފަ އެވެ.

އުރީދޫ އެމްފައިސާ އެޕްލިކޭޝަނުން މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް ފައިސާ ހަދިޔާކުރާނެ ގޮތް އަންގައިދޭ މަޢުލޫމާތު ބޯޑުތައް މިސްކިތްތަކުގައި ހަރުކުރެވިފައި ހުންނާނެއެވެ. މީގެ އިތުރުން މި މަޢުލޫމާތު ތަފާތު އެކި މީޑިއާ ޕްލެޓް ފޯމުތަކުންވެސް ކުރިއަށް އޮތްތަނުގައި ލިބެން ހުންނާނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.