ރައީސް ޞާލިހުގެ ސަރުކާރުން މެރިޓައިމް ސިނާއަތް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދޭ: މިނިސްޓަރ ނަހުލާ

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މެރިޓައިމް ސިނާއަތް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ކަނޑުދަތުރާއި ބެހޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މީގެ 30 އަހަރު ކުރީން ރާއްޖެއަކީ މެރިޓައިމް  ފާހަގަ ކުރެއްވި އެވެ. އެހެންނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި އެ ސިނާއަތް ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތްކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ އެކަމުގެ ސަބަބުން ސިނާއަތަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައި ކަމަށެވެ.

އެހެންނަމަވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މެރިޓައިމް ސިނާއަތް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ މެރިޓައިމް ސިނާއަތަށް ގާބިލް، ހަރުދަނާ، ތައުލީމީ މީހުން ނެރުމަށް އެކިއެކި ތަމްރީން ޕްރޮގްރާމްތައް ފަށާފައިވާ ކަމަށާއި، އެ ޕްރޮގްރާމްތަކުގެ ސަބަބަން ރާއްޖެއަށް ލާބައާއި މަންފާ ކުރާނެކަމަށް ވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތިމާވެއްޓާއި ރަށްޓެރި އައު ހޯދުންތައް ހޯދައި، އެ ހޯދުންތަކުގެ އެހީގައި ކަނޑު އުޅަނދު ފަހަރާއި އޭގެ ވަށައިގެންވާ މާހައުލު ސަލާމަތާއި ރައްކާތެރިކަމުގައި ބޭއްވުމަށް ކެނޑިނޭޅި މަސައްކަތްކުރަންޖެހޭ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.