އިންޑިއާގެ ބެޑްމިންޓަން އެސޯސިއޭޝަނުން ފުރަތަމަ ފަހަރަށް ލައިފޓައިމް އެޗީވްމަންޓް އެވޯޑް ދީޕިކާގެ ބައްޕަ ޕްރަކާޝް ޕަދުކޯން އަށް ދީފިއެވެ. ޕްރަކާޝް ޕަދުކޯން އަށް އެވޯޑް ހަވާލު ކުރީ އިންޑިއާގެ ނައިބް ރައީސް ވެންކައިއަ ނައިދޫ އެވެ.
މި ހަފްލާއގައި ވާހަކަ ދައްކަމުން ޕްރަކާޝް ބުނެފައިވަނީ މި އެވޯޑް ތައާރަފް ކުރި އަހަރު އޭނާ އަށް މި އެވޯޑް ލިބުމަކީ އޭނާ އަށް ލިބުނު ވަަރަށް މަތިވެރި ޝަރަފެއް ކަމަށެވެ. އޭނާ ބެޑްމިންޓަން ކުޅުނު ދުވަސްވަރު އެކުޅިވަރު އެހާ ގިނަ މީހުންނަސް ނޭނގޭ ކަމަށާއި އެހެންނަމަވެސް އެ ކުޅިވަރުގައި އޭނާ އަށް ބައިވެރިވެ ޚިދުމަތް ކޮށްދެވުނީތީ އުފާވާ ކަމަށް ޕްރަކާޝް ބުންޏެވެ. އަދި ހަމަ އެކަނި ކުޅީވަރު ކުޅޭ މީހުން ފާހަގަކޮށް އިނާމު ދިނުމުގެ އިތުރުން އިންޑިއާގެ ކޮންމެ ސްޓޭޓެއްގައި ބެޑްމިންޓަން އެކެޑަމީ އެއް ހުޅުވައި ކުލިވަރު އިތުރަށް ކުރިއެރުވުމަށް ބެޑްމިންޓަން އެސޯސިއޭޝަން ގެ ފަރާތުނެ އެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ރަސްމިއްޔާތު ބާއްވައިފައިވަނީ ހޯމަ ދުވަހުގެ ރޭ ދިއްލީ ގައެވެ. މި ރަސްމިއްޔާތުގައި ދީޕިކާ އާއި އޭނާ ގެ މަންމަ އާއި ކޮއްކޮ ބައިވެރިވިއެވެ.