އަނުޝްކާ ޝަރްމާ ސުއިދާގާއަށް ތައްޔާރުވާން ފަށައިފި

ޔާޝް ރާޖް ފިލްމްސް އިން އުފައްދާ ފިލްމު ސުއިދާގާއަށް ތައްޔާރު ވުމުގެ ގޮތުން އަނުޝްކާ ޝަރްމާ ވެސް  މަސައްކަތަ ފަށަައިފިއެވެ. އަނުޝްކާ ވަނީ އޭނާ މާ ޖަހަން އިން ފޮޓޯ އެއް އިންސްޓެގްރާމުގައި އާއްމު ކޮށްފައެވެ. އަނުޝްކާ އާއެކު ފިލްމުނެ ދެން ފެނިގެންދާނީ ވަރުން ދަވަން އެވެ. ފިލްމަށް ތައްޔާރު ވުމުގެގޮތުން ވަރުން ވަނީ މީގެ ދެ މަހެއް ވަރު ކުރީން ފަހަން ދަސްކުރާން ފަށާފައެވެ.

ސުއިދާގާގެ ވާހަކަ ލިޔެ ޑައިރެކްޓް ކުރަނީ ޝަރަތް ކަޓާރިޔާ އެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މ ފިލްމަކީ އިންޑިއާގެ ޕްރައިމް މިނިސްޓަރު ފަށާފައިވާ ކެންޕޭނަކާ ވެސް ގުޅުން އޮތް ފިލްމެކެވެ. މޯދި ވަނީ 'މޭޑް އިން އިންޑިއާ' ގެ ނަމުގައި ކެނެޕޭނެއް ފަށާފައެވެ. މޯދީގެ 'ސްވަޗް ބާރާތް' ކެންޕޭނާ ގުޅުވައިގެން ވެސް ފިލްމެއް ވަނީ ނެރެފައެވެ. އެއީ އަކްޝޭ ކުމާރު ލީޑް ރޯލް ކުޅެފައިވާ ފިލްމެއް ކަމަށްވާ ޓޮއިލެޓް އެކް ޕްރެމް ކާތާ އެވެ. 

ސުއިދާގާ ގެ ޝޫޓިން އިއްޔެ ވަނީ ފަށާފައެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.