ބީއެމްއެލް ގެ ސްމޯލް ގްރާންޓަށް ހުށަހެޅުން މި މަހު 15 އަށް ހަމަވާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ސްމޯލް ގްރާންޓް" އަށް ހުށަހެޅުމުގެ ފުރުސަތު މިމަހު 15 ވަނަ ދުވަހު ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

މިއީ ރަށްރަށުގެ ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ ގޮތަށް މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށް ބީއެމްއެލުން ދޭ ފަންޑެކެވެ. މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ރަޖިސްޓަރީ ވެފައިވާ ޖަމިއްޔާތަކަށް މި ފަންޑަށް އެދި ހުށަހެޅޭއިރު، ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑަކީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށް އެ ބޭންކުން ދޭ އެހީއެކެވެ.

މި ފަންޑަށް ހުށަހެޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއިން ކޮންމެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް 250،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.