ނާޒިމްގެ އަތްޕުޅުގައި ފިސްތޯލަ އޮތް ހާދިސާއަކީ ހިނގި ކަމެއް: ރައިސް ޔާމީން

ނާޒިމްގެ އަތްޕުޅުގައި ފިސްތޯލަ އޮތް ހާދިސާއަކީ ހިނގި ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެކަން ރައީސް ޔާމީނަށް އެނގިވަޑައިގަތުމުގެ ކުރިން އެ ދެ ބޭފުޅުންގެ އަތްޕުޅުގައި ފިސްތޯލެއް އޮންނަކަން އެނގި ސަރުކާރު އެފަދަ މަސްއޫލިއްޔަތެއް އޮންނަ އެހެން ވަޒީރަކު، ފިސްތޯލައެއް ބޭނުންފުޅުވެގެން ރަސްމީކޮށް ފިސްތޯލެއް ހޯދަން ސިޓީއެއް ފޮނުއްވި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ  އެ ސިޓީ ހިއްޕަވައިގެން ވަޑައިގަތީ ނާޒިމް ކަމަށާއި ނާޒިމް ވަޑައިގަތީ ވަޒީރެއްގެ ސިޓީއަކަށް ވުމާއި އޭގައި އެދިވަޑައިގެންފައި އޮތް ކަމުގެ ގޮތުން ރައީސް އާ އެކަން ހިއްސާ ކުރައްވަން ކަމަށެވެ.

ވަޒީރަކު ފިސްތޯލަ ބޭނުންވެގެން އެދިވަޑައިގަތް ސިޓީގެ ޖަވާބުގައި، އެއްވެސް ބޭފުޅަކަށް ފިސްތޯލެއް ނުގެންގުޅެވޭނެ ކަމަށް ނާޒިމަށް ދެންނެވި ކަމަށް ރައިސް ޔާމީން ވިދާޅުވިނަމަވެސް އެއީ ކޮން ވަޒީރެއް ކަމެއް ވިދާޅެއް ނުވެއެވެ.

ރައީސް ޔާމީން ވިދާޅުވީ އެއްވެސް ވަޒީރަކަށް ފިސްތޯލެއް ނުގެންގުޅެވޭނެ ކަމަށް އެ ވަޒީރަށް ދެންނެވުމަށް ނާޒިމަށް ދެންނެވި ކަމަށެވެ. އަދި އެގޭ ފަހުންވެސް ނާޒިމް އަތުގައި އޮތް ފިސްތޯލަ ދޫކޮށްލެއްވުމުގެ ފުރުސަތު ނާޒިމަށް ލިބިވަޑައިގެންނެވި ނަމަވެސް އެކަން ނުކުރައްވާ ކަމަށެވެ.

ޖެނުއަރީ، 2015 ގައި ނާޒިމް ދިރިއުޅުއްވި ގެ ގ. އެނިފް ގެ ކޮޓަރިއަކުން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް، އެ މައްސަލަ އަލުން ބެލުމަށް ފަހު ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.