ހުޅުމާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގީ ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ. ހުޅުމާލޭގައި ހުންނަ އެމްއައި ކޮލެޖް ކައިރީގައި ހިނގި މި އެކްސިޑެންޓްގައި އެކަކަށް ވަނީ ސީރިއަސް އަނިޔާ ތަކެއް ލިބިފައެވެ. އަދި އިތުރު މީހަކަށްވެސް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.
އެކްސިޑެންޓްގައި އަނިޔާ ވެފައި ވަނީ އުމުރުން ތޭވީސް އަހަރާއި ފަންސަވީސް އަހަރުގެ ދެ ފިރިހެނުންނަށެވެ. ދެމީހުންވެސް ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް މީގެތެރެއިން ތޭވީސް އަހަރުގެ ޒުވާނާގެ ހާލު ސީރިއަސް ކަމުން މިރޭގެ ވަގުތެއްގައި ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.