ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ހަ މަސް ދުވަހު ޖަލުގައި ހުންނަވަނިކޮށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު މިނިވަންކޮށް ދޫކޮށްލި ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން އަނެއްވެސް ހައްޔަރު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފާރިޝް މިފަހަރުވެސް ހައްޔަރު ކޮށްފައި ވަނީ ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތުގައެވެ. ކޯޓު އަމުރެއްގެ ދަށުން ފާރިޝް ދިރިއުޅުއްވާ ގެ މިއަދު ބެލީ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެހިކަމަށް ތުހުމަތު ކުރެވޭތީ އާއި ސަރުކާރު ވައްޓާލަން ގާނޫނާ ޚިލާފު މަސައްކަތްތަކެއް ފާރިޝް ރާވައިގެން ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތުގައި އެކަމާބެހޭ ހެއްކާއި ގަރީނާ ހޯދުމަށެވެ.