އުނގޫފާރުގައި ފީނަން ދިޔަ 25 އަހަރުގެ ޒުވާނަކު މަރުވެއްޖެ

ރ. އުނގޫފާރުގައި ފީނަން ދިޔަ 25 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

އެ ޒުވާނާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހަވީރު 4:20 ހާއިރު އެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން ބުނީ އުނގޫފާރުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ޒުވާނަކު ގެނބިފައިވާ ކަމަށް މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މިކަމާއިގުޅުގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.