އަނިލް ކަޕޫރް އާއި ދަރިފުޅު ސޯނަމް ކަޕޫރު އެކުގައި ކުޅޭ ފުރަތަމަ ފިލްމް މިއަހަރު ނިކުންނާނެ

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަނިލް ކަޕޫރް އާއި އޭނާގެ ދަރިފުޅު ސޯނަމް ކަޕޫރުގެ ފުރަތަމަ ފިލްމު މިއަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާނެއެވެ. މި ފިލްމުގެ ނަމަކީ އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ އެވެ. މި ފިލްމު ޑައިރެކްޓަރަކީ ޝެލީ ޗޯޕްރާ އެވެ. މިއީ ޝެލީ ޗޯޕްރާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.

ފިލްމުގައި ސޯނަމް ކުޅޭނީ އަނިލް ކަޕޫރްގެ ދަރިއެއްގެ ރޯލެވެ. އަނިލް ކަޕޫރް އާއި ސޯނަމް ގެ އިތުރުން ޖޫހީ ޗައުލާ އާއި ރާޖް ކުމާރް ރާއޯ މި ފިލްމނުގައި މުހިއްމު ރޯލުތަކެއްް އަދާ ކުރާނެއެވެ. ޖޫހީ އަކީ އަނިލް ކަޕޫރް އާ އެކު ދީވާނާ މަސްތާނާ އާއި އަންދާޒް ފަދަ ފިލްމުތައް ކުޅެފައެވެ.  

ފިލްމު އަޅުވާނެ ތާރީޚާއި ތަރީން އިއުލާން ކޮށްފައިވަނީ ޓްވިޓަރ ގައި ފިލްމު އުފައްދާ ފަރާތުން ކޮށްފައިވާ ޓްވީޓެއްގައެވެ. ފިލްމުގެ ޑައިރެކްޓަރ ބުނެފައިވާ ގޮތުގައި އަނިލް ކަޕޫރު މި ފިލްމުން ފެނިގެންދާނީ މީގެ ކުރީން ފެނިފައިނުވާ ފަދަ ތަފާތު ރޯލަކުންނެވެ. އޭނާގެ ރޯލާ މެދު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށްވެސް ޝެލީ ޗޯޕްރާ ބުނެފައިވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ޕަޓިއާލާގެ ގެ އެއްގައެވެ. އެގެއަކީ އާއިލީ މަންޒަރުތަކަށް އެންމެ އެކަށީގެންވާ ތަން ކަމުގައިވެސް ޝެލީ ބުނެފައިވެއެވެ.

ފިލްމުގެ ޝޫޓިން ފެބްރުއަރީ މަހު ފަށާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.