ރައީސް އޮފީހުގެ ތަރުޖަމާން ކަމުގެ މަގާމުން މަބްރޫކް އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ތަރުޖަމާން ކަމުގެ މަގާމުން މުހައްމަދު މަބްރޫކް އަޒީޒު  އިސްތިއުފާ ދެއްވައިފިއެވެ.

މަބްރޫކު މިވަގުތު ހުންނެވީ ޗުއްޓީއެއްގައެވެ. އަދި އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ސިޓީ ފޮނުއްވާފައިވީނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކަން ރަސްމީކޮށް އަދިހާމައެއް ނުކުރެއެވެ.

ޕޮލިޓިކަލް ސައިންސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައިފައިވާ މަބްރޫކް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި މަބްރޫކު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުއެވެ.

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދުވަސްވަރު އޭނާ ވަނީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅޭ ކަންކަން ބަލަހައްޓަމުން ދިޔަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނުގެ މަގާމުވެސް ފުރުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.